Monday, September 22, 2008

ކޭލި ކަޕްގެ ހަވަނަ މެޗް - ޔޫ.އެފް.ސީ އަދި އޭ.އެފް.ސީ

ކޭލި ކްޕްގެ ހަވަނަ މެޗްގައި މިއަދު ހަވީރު ބައްދަލު ކުރީ ޔޫ،އެފް.ސީ އާއި އޭ.އެފް.ސީ އެވެ. މި މެޗް ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ޔޫ.އެފް.ސީއެވެ. ފަސޭހަކަމާއެކީ ޔޫ.އެފް.ސީ ކާމިޔާބު ކުރި މި މެޗްގައި އޭ.އެފް.ސީ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވެއެވެ. އަދި ނަތީޖާ ބަދަލުކުރާނެ ރަނގަޅު ފުރުޞަތެއްވެސް ނުލިބެއެވެ.

މިއަދު ގެ މި މެޗްގައި ޔޫ.އެފް.ސީ ކާމިޔާބު ކުރި 7 ގޯލްގެ ތެރެއިން 3 ގޯލް ކާމިޔާބުކޮށްދިނީ ނިޔާޒެވެ. އަޙުމަދު ސިރާޖް 2 ގޯލް އަދި ރަޝީދުއާއި ވާފިރު ވެސް ވަނީ 2 ގޯލް ކާމިޔާބުކޮށްދީފައެވެ. އަދި ޔޫ.އެފް.ސީގެ ނިޔާޒު ކާމިޔާބުކޮށްދިން 3 ގޯލާއެކީ ކޭލި ކަޕްގެ ފުރަތަމް ހެޓްރިކް ހެދި ކުޅުންތެރިޔާއަކީ އޭނައެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާއަކީ ހަމަ އެޓީމުގެ ރަޝީދެވެ.

މިއަދު ގެ މެޗުން ބަލިވުމާއެކީ އޭ.އެފް.ސީ ވަނީ މުބާރާތާއި ވަކިވާން ޖެހިފައެވެ. އަދި ސެމީފައިނަލަށް ދިއުމުގެ ފުރުޞަތުވެސް ވަނީ އެޓީމަށް ގެއްލިފައެވެ. އޭ.އެފް.ސީ މުބާރާތާއި ވަކިވެގެން ދިޔައިރު ބައިކޮޅަސް 14 ގޯލު ވަދެފައިވެއެވެ. އަދި އެންމެ ގޯލެއްވެސް ކާމިޔާބުކުރެވިފައި ނުވެއެވެ.

މިއަދުގެ މި މެޗް ޔޫ.އެފް.ސީ ކާމިޔާބު ކުރުމާއެކީ އެޓީމު ވަނީ ސެމީފައިނަލުން ޖާގަ ހޯދާފައެވެ. އަދި ލީގު ޗެމްޕިއަން ޓީމަކީވެސް ޔޫ.އެފް.ސީ އެވެ. މި މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރ 2008 ވާ ބުދަ ދުވަހުއެވެ. މި މެޗްގައި ބައްދަލު ކުރާނީ ޔޫ.އެފް.ސީ އާއި ނައިން ކިކެވެ.
އ

No comments:




©2008 factkanditheem.blgospot.com | e-mail: factkanditheem@gmail.com