ކެމްޕެއިންގެ އަޑުން ބައެއް ރައްޔިތުންނަށް ހަމަ ނިދި ނުލިބިފައި

މިހާރު ކަނޑިތީމުގައި ވަނީ ތިން ޕާޓިއަކުން ކެމްޕެއިން އޮފީސް ހުޅުވައި، އަދި އެޕާޓީތަކުން އަންނަނީ ވަރަށް ފޯރީގައި ކެމްޕޭން ކުރަމުންނެވެ. ކެމްޕެއިން އޮފީސް ހުޅުވާފައިވާ ތިން ޕާޓީއަކީ އެމް.ޑީޕީއާއި ޖުމްހޫރީ ޕާޓީ އަދި ޑީ.އާރް.ޕީއެވެ. އެންމެ ފުރަތަމަ ކަނޑިތީމުގައި ކެމްޕެއިން އޮފީހެއް ހުޅުވީ ޖުމްހޫރީ ޕާޓީއިންނެވެ.
މިހާރަކަށް އައިސް ކެމްޕެއިން އޮފީސްތަކުގައި އަޑު ބާރުކޮށް ލަވަޖަހަމުން އަންނާތީ، އެކަމުގެ ސަބަބުން އެހިސާބުގެ ކައިރި މީހުންނަށް އެކަމުގެ އުނދަގޫ ފޯރާތީ ބައެއްމީހުން ޝަކުވާ ކުރަންފަށައިފިއެވެ. ކެމްޕެއިން ކުރަންޖެހޭނެ، ކެމްޕއިން ކުރަންވާނެއެވެ. އެބަޔަކު ތާއީދުކުރާ މީހަކު އިންތިޚާބު ކުރުމަށްޓަކައި ހިތްމަތާއެކު މަސައްކަތްވެސް ކުރަންޖެހޭނެއެވެ. ކެމްޕެއިން ކުރެވެނީ ލަވަޖަހައިގެންނަމަ ލަވަވެސް ޖަހަންވީއެވެ. އެކަމަކު މިކަން ކަން ހިނގަންޖެހޭނީ ވަކި ޙުދޫދެއްގެ ދަށުންނެވެ. އެހެން ތަންތާގައިވެސް ކަންތައްތައް ކުރާ އުޞޫލުންނެވެ. އާއްމު ރައްޔިތުންނަށް އެކަމުގެ ސަބަބުން އުނދަގުލެއް ފޯރައިގެނެއް ނުވާނެއެވެ.އ
މިހާރު ކަންހިނގާގޮތަކީ އެއްބަޔަކު ބާރަށް ލަވަޖަހާއިރަށް އެބަޔަކާ އިދިކޮޅަށް އެއަށްވުރެ ބާރަށް، ބޮޑެތި ސްޕީކަރތަކެއް ގެނެސް ލަވަޖަހަނީއެވެ. އެހެނަސް އެކަމުން ރައްޔިތުންނަށް ފޯރަނީ ކިހާވަރެއްގެ އުނދަގުލެއް ކަމެއް ވިސްނައެއް ނުލައެވެ. ހިތަށް އެރީމަ ހިތަށް އެރިހާ ގޮތަކަށް ކަންތައްތައް ކުރާ އުޞޫލު އެއްވެސް ބަޔަކު ގެންގުޅެގެން ނުވާނެއެވެ. އަދި އެފަދަ ކަމަކަށް ހިތްވަރުދީ ހަދައިގެންވެސް ނުވާނެއެވެ.
މިފަދަ ޢަމަލުތައް ބަޔަކު ކުރާނަމަ އެކަމުގެނޭދެވޭ އަސަރު ކޮންމެ ސިފައެއްގައިނަމަވެސް ކެމްޕެއިން ކުރާ ފަރާތްތަކަށްވެސް ކުރާނެއެވެ. އަދި ރަތްޔިތުންނަށް އެކަމުން އުނދަގޫ ފޯރާނަމަ ރަތްޔިތުންވެސް އެބަޔަކަށް ކުރާ ތާޢީދު ގެއްލިގެން ދިއުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. އެހެނަކަމުން ކެމްޕެއިން އޮފީސް ހަދައިގެން ކެމްޕެއިން ކުރާ ފަރާތްތަކަށް ފެކްޓް ޓީމުން އިލްތިމާސް ކުރަނީ ރައްޔިތުންނަށް އުނދަގޫ ނުވާނެހެން ކެމްޕެއިންގެ ކަންތައް ކުރިއަށް ގެންދިއުމަށެވެ.އ

No comments:
Post a Comment