Sunday, September 14, 2008

ކަނޑިތީމް ކުޅުންތެރިންގެ އަގުބޮޑުވަނީ ...ގ



މި އަހަރުގެ ނޮވެމްބަރ މަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަނޑިތީމު ސޮކަރ ކަޕް 2008 ގެ މުބާރާތަށް ތައްޔާރުވުމުގެ ކަންތައްތައް ވަރަށް ފޯރިއާއެކު ޓީމު ތަކުން ކުރިއަށް އެބަގެންދެއެވެ. އެއް ޓީމުން އަނެއް ޓީމަށް ކުޅުންތެރިން ގަންނަމުންދާކަމަށާއި ބޭރު ރަށްރަށުން ކުޅުންތެރިން ގެނައުމުގެ މަސައްކަތްތައް ކުރިއަށްދާކަމުގެ މަޢުލޫމާތު ފެކްޓް ޓީމަށް ވަނީ ލިބިފައެވެ.

ކުޅުންތެރިން ބަދަލުކުރުމާއި ބެހޭގޮތުން އޮފް ޕޮއިންޓާއި ޑީ.ސީ ޔުނައިޓެޑް އިން ވަރަށް ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު ޑީ.ސީ ޔުނައިޓެޑްގައި ހުރި ހުނަރުވެރި ކުޅުންތެރިޔާ އަލީ ވާފިރު އޮފް ޕޮއިންޓް ޖޫނިއަރސް އަށް ގެންގޮސްފިއެވެ. ކުރިއަށް ދިޔަ މި މަޝްވަރާތަކުގައި ޚިޔާލު ތަފާތުވުންތައް ކޮންމެވެސް ވަރަކަށް ކުރިމަތިވި ނަމަވެސް މިހާރު އެއްބަސްވުމަކާއި ހަމައަށް އައިސް 300 ރުފިޔާއަށް އަލީ ވާފިރުވަނީ އޮފްޕޮއިންޓް ޖޫނިއަރސް އަށް ބަދަލުވެފައެވެ. އަދި މިހާރު އޮފްޕޮއިންޓްގެ ޓީމުން މަސައްކަތް ކުރަމުންދަނީ ޓީންސް ޔުނައިޓެޑްގެ ކުޅުންތެރިޔާ ވަޖުދީ އެ ޓީމަށް ގެނައުމަށެވެ. އަދި ބޭރު ރަށްރަށުން ކުޅުންތެރިން ގެނައުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އެފަރާތުން ހާމަކުރިއެވެ.

އޮފް ޕޮއިންޓް ޖޫނިއާރސް އިން ހާމަ ކުރާ ގޮތުގައި މިފަހަރުގެ މުބާރާތް އެޓީމަށް ކާމިޔާބު ކުރެވޭނެކަމުގެ ޔަޤީންކަން ވަރަށްބޮޑެވެ. އަދި އެ ޓީމަކީ މިފަހަރުގެ މުބާރާތުގައި ވަރުގަދަ ޓީމަކަށް ވާނެކަމަށް އެޓީމުން ފާހަގަކުރެއެވެ.އ

No comments:




©2008 factkanditheem.blgospot.com | e-mail: factkanditheem@gmail.com