ކަނޑިތީމުގައި އެކުވެރިކަމުގެ ފުޓްބޯޅަ މެޗްތަކެއް ފެށިގެން ކުރިއަށް އެބަދޭ
މިދިޔަ ހުކުރު ދުވަހު ކަނޑީތީމުގައި އެކުވެރިކަމުގެ ފުޓްބޯޅަ މެޗްތަކެއް ފެށިގެން ކުރިއަށް އެބަދެއެވެ. މިއީ ކުރިއަށްއޮތް ކޭލި ކަޕަށާއި ކަނޑިތީމު ސޮކަރ ކަޕް 2008ގެ ނަމުގައި ކުރިއަށް ގެންދެވޭ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްދާ މެޗްތަކެއްކަމަށް ފެކްޓް ޓީމަށްވަނީ މަޢުލޫމާތު ލިބިފައެވެ.
މި މެޗްތަކުތަކުގައި އެއްޔެ ބައްދަލުކުރީ އުޅިއަށީގެ ޓީމާއި އޭ.ވީ.އެފް.ސީ އެވެ. މި މެޗް 0-6 ން ކާމިޔާބު ކުރީ އުޅިއަށީގެ ޓީމެވެ. މިއަދު ކުޅެވޭ މެޗްގައި ބައްދަލުކުރާނީ ނައިން ކިކް ޓީމާއި އެމްޕްލޯއީސް ޔުނިއިޓެޑެވެ. ނައިން ކިކް ޓީމަކީ އައިސް ޕްލާންޓްގެފަރާތުން ބައިވެރިވާ ޓީމެކެވެ. އަދި އެމްޕްލޯއީސް ޔުނައިޓެޑްގެ ޓީމަކީ ސަރުކާރު މުއައްޒަފުން ހިމެނިގެން އެކުލަވާލެވިފައިވާ ޓީމެކެވެ.
(އިތުރު ތަފްޞީލު އަންނަނީ........................އ
18:30......ހޮނިހިރު
މިއަދު ހަވީރު ކުރިއަށްދިޔަ މެޗުގައި ބައދަލުކުރީ އެމްޕްލޯއީސް ޔުނައިޓެޑާއި ނައިން ކިކް ގެ ޓީމެވެ. ފެކްޓް ޓީމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޓީމްތަކަށް ކުޅުންތެރިން ހަމަނުވެގެން ކުޅެންޖެހުނީ އެހެން ޓީމްތަކުގެ ކުޅުންތެރިން އަރުވައިގެންނެވެ.
މެޗްފެށިގެން ކުރިއަށްދިޔައީ ވަރަށް ފޯރީގައެވެ. ގިނަ ކުޅުންތެރިން ވަރަށް ރަނގަޅު ކުޅުމެއް ދެއްކި މި މެޗްގައި ފުރަތަމަ ހާފު ނިމިނު އިރު ދެ ޓީމްގެވެސް ނަތީޖާ އޮތީ 2-2 ން އެއްވަރުވެފައެވެ. ދެވަނަ ހާފުވެސް ކުރިއަށް ދިޔައީ ވަރަށް ފޯރިގަދަ ކުޅުމަކާއެކުއެވެ. ހިތްވަރު އެލުވާނުލާ ކުޅުމުގެ ނަތީޖާއެއްގެ ގޮތުން މެޗް ނިމެން ވަރަށް ކައިރިވެފައި ވަނިކޮށް ނައިން ކިކްގެ ޓީމް އިތުރު އެއްލަނޑު ޖަހާ ، މެޗްގެ ކުރި ހޯދިއެވެ. ނައިން ކިކަށް މި ލަނޑު ކާމިޔާބު ކޮށްދިނީ ނައިންކިކްގެ ހުނަރުވެރި، އިތުބާރު ފޯވާރޑް މުޙައްމަދު މުއްތަސިމެވެ.
ދެޓީމްވެސް ރަނގަޅު ކުޅުމެއް ދެއްކި މި މެޗް ނިމިގެން ދިޔައީ 3-2 ން ނައިން ކިކް ޓީމް މެޗް ކާމިޔާބުކޮށްގެންނެވެ.އ
No comments:
Post a Comment