ކުރިއަށްދާ ޕްރެކްޓިސް މެޗްތަކުގެ ތެރެއިން........އުޅިއަށީގެ ޓީމް 2-0 ން މެޗް ކާމިޔާބު ކޮށްފި
މިހާރު ކުރިއަށްދާ ޕްރެކްޓިސް މެޗްތަކުގެ ތެރެއިން އިތުރު މެޗެއް މިއަދު ހަވީރު ކަނޑިތީމުގެ ޒުވާނުންގެ ފުޓްބޯޅަ ދަނޑުގައި ކުޅެފިއެވެ. މި މެޗްގައި ބައްދަލުކުރީ އުޅިއަށީގެ ޓީމާއި އެމްޕްލޯއީސް ޔުނައިޓެޑެވެ. ފޯރިގަދަ މި މެޗްގެ ފުރަތަމަ ހަފް ނިމުނު އިރު 2-0 ލަނޑުން ކުރީގައި އޮތީ އުޅިއަށީގެ ޓިމެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗް ނިމިގެން ދިޔައީ ފުރަތަމަ ހާފްގެ ނަތީޖާއާއި އެއްގޮތަށް އުޅިއަށީގެ ޓިމު މެޗް ކާމިޔާބު ކޮށްގެންނެވެ. އުޅިއަށީގެ ޓީމަށް 2 ލަނޑުވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯރވާޑް ނިޔާޒެވެ. އެމްލޯއީސް ޔުނައިޓެޑް އިންވެސް އެދެވޭ ކުޅުމެއް ދައްކައި ކޮންމެވެސް ވަރެއްގެ ހަމަލާތަކެއް ފަހު ހާފުގައި އުޅިއަށި ޓީމްގެ ގޯލަށް އަމާޒު ކުރިއެވެ. އެހެންނަމަވެސް މެޗް ނިމިގެން ދިޔައިރު އެޓީމަށް ނަތީޖާއެއް ނެރެވޭ ވަރެއް ނުވިއެވެ.އ
No comments:
Post a Comment