Tuesday, September 16, 2008

ކޭލި ކަޕްގެ ދެވަނަ މެޗްގައި އޭ.އެފް.ސީ އާއި މުންޏަމެރީ


އެއްޔެ ފެށި ކޭލި ކަޕްގެ ދެވަނަ މެޗްގައި މިއަދު ހަވީރު އޭ.އެފް.ސީ އާއި މުންޏަމެރީ ބައްދަލުކުރި މެޗް ވަރަށް ފަސޭހަ ކަމާއެކީ މުންޏަމެރީ ކާމިޔާބުކޮށްފިއެވެ. މުންޏަމެރީ މި މެޗް ކާމިޔާބު ކުރީ 4- 0 ލަނޑުންނެވެ. މުންޏަމެރީއަށް ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބުނު ނަމަވެސް އޭ.އެފް.ސީއަށް މާގިނަ ފުރުޞަތެއް ނުލިބެއެވެ. އަދި މާރަނގަޅު ކުޅުމެއް އޭ.އެފް.ސީ އަކަށް ނުކުޅެވުނެވެ.

މެޗްގެ ފުރަތަމަ ހާފް ނިމުނު އިރު 1 ލަނޑުގެ ތަފާތުން ކުރި ހޯދާފައިވަނީ މުންޏަމެރީއެވެ. މުންޏަމެރީއިން ކާމިޔާބު ކުރި ބާކީ 3 ލަނޑު ކާމިޔާބު ކުރީ މެޗް ގެ ފަހު ހާފްގައެވެ. އެޓީމަށް މެޗްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ފައުޒާންއެވެ. އަދި 2 ވަނަ ލަނޑާއި 3 ވަނަ ލަނޑު ރަޝީދު ކާމިޔާބުކޮށްދިން އިރު އެޓީމުގެ ފަހު ލަނޑު ކާމިޔާބު ކޮށްދިނީ އަހުސަންއެވެ.

މި މެޗްވެސް ނިމިގެން ދިޔައިރު 3 ރީނޑު ކާޑު ފެނިގެންދިޔައެވެ. އެއީ އޭ.އެފް.ސީ ޓިމްގެ ހަސަން ސިމާމް އަދި މުންޏަމެރީއަށް ފަހު ލަނޑު ކާމިޔާބުކޮށްދިން ހުނަރުވެރި ކުޅުންތެރިޔާ އަހުސަން އަދި މިއަދުގެ މެޗްގެ މޮޅު ކުޅުންތެރިޔާ މުންޏަމެރީގެ ޖާޒީ ނަމްބަރ 11 އެވެ.އ

No comments:




©2008 factkanditheem.blgospot.com | e-mail: factkanditheem@gmail.com