Saturday, September 6, 2008

އިންޓަރނެޓާއި މެދު ރައްޔިތުން ދެކެމުން އަންނަ ހުވަފެން ޙަޤީޤަތަކަށް ވެދާނެބާއެވެ.އ


މީގެ ދެތިން އަހަރެއް ކުރިން ކަނޑިތީމުގައި ރައްޔިތުންގެ ސައިބަރ ކެފޭގެ ނަމުގައި ސައިބަރ ކެފޭއެއް ވަނީ ހުޅުވިފައެވެ. ބޭރުން ފެންނަ ފެނުމަށް، ބަލާލާ ބެލުމަށް އިމާރާތް ކިތައްމެހާވެސް ފުރިހަމަވެފައި ސާދާއެވެ. ކޮންމެ ކޮމްޕިއުޓަރއެއްގެ ވަށައިގެން ޕާރޓިޝަން ޖަހާ، އެތަނުގެ އެތޭރޭގައި ސައިބަރ ކެފޭއެއްގެ ސިފައިގެ ކުލަވަރު ޖަހައެވެ. ހައެއްކަ ކޮމްޕިއުޓަރާއެކު ސައިބަރ ކެފޭ ހުޅުވި އިންޓަރނެޓްގެ ޚިދުމަތް ނަމެއްގައި ނަމަވެސް ދެވެން ފެށުނެވެ. އަދި އެތަނުގެ ބޭނުން ރައްޔިތުން ކުރަންފެށިއެވެ. ހިނިތުންވުމާއެކުއެވެ. މެދުކެނޑުމެއްނެތި މިޚިދުމަތް ލިބޭނެކަމުގެ ފޮނި އުއްމީދާއެކުއެވެ.

ދުވަސްކޮޅެއްފަހުން ރައްޔިތުން ހިނިތުންވުމާއެކު ކުރި އުއްމީދުގެ ކުރިމަގު ކިލަނބުވާންފެށުމުގެ ކޮޅުމަތި ފެންނަން ފަށައިފިއެވެ. ސައިބަރކެފޭ މެންދުރުކުރިން ހުޅުވައިފިއްޔާ މެންދުރުފަހުން ހުންނަނީ ނުހުޅުވައެވެ. އަދި މެންދުރުފަހުން ހުޅުވައިފިއްޔާ ރޭގަނޑު ހުންނާނީ ނުހުޅުވައެވެ. ދެން ފެންނަންފެށީ އެއްގޮތަކަށްވެސް ސައިބަރކެފޭ ނުހުޅުވާތަނެވެ. އަބަދުމެހެން ބަންދު ބޯޑު އަޅުވައިފައި ހުންނަ ތަނެވެ. އޭގެ ދުވަސްކޮޅެއް ފަހުން ދެން ރައްޔިތުންނަށް އިވިގެން ދިޔަ އަޑަކީ އަދި ބައެއް ނޫސްތަކުން ފެނިގެންދިޔައީ ށ.ކަނޑިތީމު ސައިބަރ ކެފޭގައި ކޮރަޕްޝަން މައްސަލަތަކެއް ހުރި ވާހަކައެވެ.

ބަންކޮށްފައި ހުންނަތާ އެތައް މަހެއް ފަހުން ސައިބަރކެފޭ ޙަވާލުކުރެވުނީ މިހާރު ކަނޑިތީމުގައި އޮތް ހަމައެކަނި ޖަމިއްޔާކަމަށްވާ 'ކޭލި ޖަމިއްޔާ' އަށެވެ. އެހެންނަމަވެސް ޚިދުމަތް ދެވެމުން ދިޔައީ ކުރިއެކޭ އެއްގޮތަށެވެ. އެދެވޭ ގޮތެއްގައި އިންޓަރނެޓްގެ ޚިދުމަތް ރައްޔިތުންނަށް ދެވޭތަނެއް ނުފެނުނެވެ. އަދި ކީއްތޯއެވެ. މިހާރު އެތަނުން ރައްޔިތުންނަށް ކުރާ އެއްވެސް ފައިދާއެއް ނެތެވެ. ހަމަ އެކަނި އިމާރާތެއް އަޅައި ސައިބަރކެފޭއެއްގެ ނަން ބޯޑު ފަލައަކުރުން ލިޔެވި ހަރުކުރެވިފައި ހުރި ކަމެވެ.

ބާރު އަޑެއްގެ ގޮތުގައި މިހާރު
އިވެމުންދާ އެއް އަޑަކީ ދިރާގުން ކަނޑިތީމަށް 2009 ވަނަ އަހަރު ވައިފައި އިންޓަރނެޓްގެ ޚިދުމަތް ދޭން އުޅޭ ވާހަކައިގެ އަޑެވެ. މި އަޑާއެކު ކުރެވެމުންދާ އުއްމީދަކީ އާ އުއްމީދެކެވެ. އަނެއްކާވެސް ފޮނި އުއްމީދެކެވެ. ކަނޑިތީމުގެ ރައްޔިތުން އިންޓަރނެޓްގެ ހިދުމަތް ބޭނުން ކުރަން ޖެހޭނީ ހުވަފެނުގައިކަމަށް ނުވިއްޔާ ދިރާގަށް ފައްފަށުން ޝުކުރާއި ސާބަހެވެ.އ

1 comment:

Anonymous said...
This comment has been removed by the author.



©2008 factkanditheem.blgospot.com | e-mail: factkanditheem@gmail.com