Tuesday, September 9, 2008

ސެޕްޓެމްބަރ 15 ގައި ކޭލި ކަޕް ފަށަނީ

ހިނގަމުންމިދާ ސެޕްޓެމްބަ ރ މަހުގެ 15 ގައި ކޭލި ޖަމިއްޔާއިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ރަމަޟާން މަހު ބާއްވަމުން އަންނަ 'ކޭލި ކަޕް' ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ފެކްޓް ޓީމުން ޚަބަރުދީފިއެވެ. މި މުބާރާތުގައި ބައިވެރިވެފައިވަނީ ހަތަރު ޓީމު ކަމަށާއި މިމުބާރާތަކި ކުރީއަހަރުތަކަށް ވުރެ ފުރިހަމައަށް ގެންދެވޭ އަދި ވަރަށް ފޯރި ގަދަވާނެ މުބާރާތެއްކަމަށް ވަނީ މަޢުލުމާތު ލިބިފައެވެ.

މި މުބާރާތުގައި ބައިވެރިވި ހަތަރު ޓީމުގެ ތެރޭގައި ސަރުކާރު މުއައްޒަފުންގެ ޓީމެއް ކަމަށްވާ 'އެމްޕްލޯއީސް ޔުނައިޓެޑް' އާއި އުޅިއަށީގެ ފަރާތުން ބައިވެރިވާ ޓީމާއި އައިސް ޕްލާންޓްގެ ފަރާތުން ބައިވެރިވާ ' ނައިން ކިކް' ޓީމާއި އަދި އަލީ ރިފާޒް ބައިވެރިކުރާ ޓީމް ކަމަށްވާ 'އޭ.އެފް.ސީ' (އަވަށު ފުޓްބޯޅަ ކްލަބް) ހިމެނެއެވެ. ނައިން ކިކް ގެ ޓީމަކި ފާއިތުވި އަހަރުގެ ކޭލި ކަޕްގެ ޗެމްޕިއަން ޓީމެވެ.

ކޭލި ކަޕަށްޓަކައި އެއްއަހަރުން އަނެއް އަހަރަށް ޒުވާނުންގެ ފަރާތުން ލިބެމުން އަންނަ ތަރުޙީބު އިތުރުވަމުން އަންނަކަމީ ޒުވާނުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުން ފުރިހަމަވެ ވަރުގަދަވަމުން އަންނަކަމުގެ ހެއްކެކެވެ. އަދި ތަފާތު ވިޔަފާވެރިވެރިން މިކަމަށް ދޭ އަޙައްމިއްޔަތުކަމާއި ތަރުހީބި ބޮޑުވެގެންދާކަމީ ވެސް ކޭލި ކަޕް އިތުރަށް ކުރިއަރައި ދާނެ ކަމެއްކަން ޔަޤީނެވެ. އަދި މިމުބާރާތަށް ތައްޔާރުވުމުގެ ގޮތުން ' އޮފް ޕޮއިންޓް' ގެ ނަމުން ނަންދެވިފައިވާ ހީވާގި ޒުވާނުން އެކުލެވޭ ގްރޫޕުން އަންނަނީ ބެންޗްތަކެއް ތައްޔާރުކުރަމުންނެވެ. ފެކްޓް ޓީމުން އަބަދުވެސް އެދެނީ މިފަދަ ހަރަކާތްތައް އިތުރުކޮށް ޖަމިއްޔާ އިތުރަށް ފުޅާކުރުމެވެ. އަދި ކަނޑިތީމުގެ އެންމެހާ ޒުވާނުންނަށް އުފާފާގަތި ކުރިއެރުމާއި ކާމިޔާބެވެ.އ

1 comment:

Anonymous said...

ehves kuri erumeh naaaraaaa. last year ga ves 4 teams and this year also 4 teams. so no change ehhennu.




©2008 factkanditheem.blgospot.com | e-mail: factkanditheem@gmail.com