ފަޅުފުންކުރުމުގެ މަސައްކަތް ނުފެށި ލަސްވަމުންދާތީ ރައްޔިތުން ނުރުހުންވެފައި
މީގެ 3 ދުވަސް ކުރިން ކަނޑިތީމުގެ ފަޅުފުންކުރުމަށްޓަކައި އޭގެ ސާމާނާއެކު އައި މީހުންގެ ޓީމުގެ މަސައްކަތް ނުފެށި އަދިވެސް ދަނީ ލަސްވަމުންނެވެ. އެހެންކަމުން ކަނޑިތީމުގެ ރައްޔިތުން ވަނީ މިކަމާ ވަރަށް ބޮޑަށް ނުރުހުންވެފައެވެ.އ
މީގެ އެތައް އަހަރެއް ކުރިން ކޮނެވުނު ކަނޑިތީމުގެ ފަޅަކީ ބޭނުންކުރަން ވަރަށް ފަސޭހަ ފަޅެއްކަމުގައި ކަނޑިތީމަށް އަންނަހުރިހާ ދޯނިވެރިންވެސް ބުނަމުންދެއެވެ. އެހެންނަމަވެސް ވެއްޓިފައިވާ ފަސްގަނޑުގެ ސަބަބުން ފަޅުގެ ބޮޑުބައެއްވަނީ ބޭނުންނުކުރެވިއެވެ. އަދި ހަލާކުވެފައިވާ ތޮށިގަނޑު ސަބަބުން ލިބޭ ގެއްލުންތައް ކަނޑިތީމުގައި ބަނދަރުކުރާ ހުރިހާ ދޯނިވެރިންވެސް އަންނަނީ ތަޙައްމަލު ކުރަމުންނެވެ. މިއަދާ ހަމައަށްވެސް ރަނގަޅުފެންވަރެއްގައި ޖެޓީ ހެދިފައި ނުވާތީ އޭގެ އުނދަގޫތައްވެސް ރައްޔިތުންނަށް އަންނަނީ ކުރިމަތިވަމުންނެވެ. ރައްޔިތުން މިއަދާހަމައަވެސް ކުރަމުން އައި އުއްމީދަކީ އަދި ކުރާ ޝަކުވާއަކީ ފަޅުތެރެއަށް ވެއްޓިފައިވާ ފަސްގަނޑަށް ޙައްލެއް ހޯދުމެވެ. އެތައް ދުވެހެއްގެ އިންތިޒާރަކަށް ފަހު އެ އުއްމީދުވެސް މިވަނީ ފުރިހަމަވުމާއި ދާދި ކައިރީގައެވެ. އެހެންނަމަވެސް ލަސްވަމުންދާ ދިއުމާއި ގުޅިގެން ރައްޔިތުންވަނީ ވަރަށް ބޮޑަށް ނުރުހުންވެފައެވެ.އ
ފަޅު ފުންކުރުމުގެ މަސައްކަތާއި ގުޅިގެން ތުންތުންމަތިން ދެކެވުމުންދާ ވާހަކައަކީ ހަލާކުވެފައިވާ ތޮށިގަނޑަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި ބޮޑު ހިލަ ޖައްސާވާހަކައެވެ. އެހެންނަމަވެސް މިއީ ކިހާވަރެއްގެ ޙަޤީގަތެއް އޮތް ވާހަކައެއްކަމެއް ނޭނގެއެވެ. މިއީ ޙަޤީޤަތަކަށް ވެއްޖެނަމަ ރައްޔިތުން ފަޅާ މެދު ކުރަމުން އަންނަ އުއްމީދުތަކުން އަނެއްކާވެސް އެހެން އުއްމީދެއް ފުރިހަމަ ވީއެވެ.އ
ފަޅުފުންކުރުމުގެ މަސައްކަތް ނުފެށި ލަސްވަމުންދާތީ ކަމާބެހޭ ފަރާތްތަކަށް ފެކްޓް ޓީމުން ގޮވާލަނީ އިތުރު މައްސަލައެއް ކުރިމަތިވެފައި ނުވާނަމަ ވީއެންމެ އަވަހަކަށް މަސައްކަތް ފަށާ ރައްޔިތުން ކުރަމުން އައި އުއްމީދު ފުރިހަމަކޮށްދެއްވުމަށެވެ. އ

No comments:
Post a Comment