Sunday, September 7, 2008


މަސްތުވާތަކެތީގެ ވަބާގައި ޖެހެމުންދާ ކަނޑިތީމުގެ ޒުވާން ޖީލު


އިންސާނާގެ ކުރިމަގު ކަޅު އަނދިރިގަނޑަކަށް ހަދައި އިންސާނާގެ ޙަޔާތް އަނދަވަޅަކަށް ވައްޓާލުމުގައި އެންމެ އިސްރޯލެއް އަދާކުރާ އެކައްޗަކީ މަސްތުވާތަކެއްޗެވެ. މަސްތުވާތަކެތީގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ގެއްލުންދިނުމުގެ ސޯބު އެނބުރޭނީ ނުހަނު ބާރަށެވެ. އެކަމުގެ ސަބަބުން އިންސާނާ ކުރިމަތިލަނީ ދުވަހަކުވެސް އެމީހެއްގެ ޙަޔާތުގައި ކުރިމަތިލާފައި ނުވާފަދ ަ ހިތާމަވެރި ، ބިރުވެރި ޙަޔާތަކާއެވެ. އަޅުގަނޑުމެންގެ ޙަޔާތަކީ އުފާވެރި ، އަދި ބާއްޖަވެރި ޙަޔާތަކަށް ހެދުމަށްޓަކައި މަސްތުވާތަކެތީގެ ވަބާއިން އެންމެންވެސް ރައްކާތެރިވެ، އެކަމުން އެއްކިބާވަމާތޯއެވެ.

މަދުންނަމަވެސް ށ. ކަނޑިތީމުގައިވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހި އެކަމުގެ މަސްތުން މަސްތުވެފައި ތިބި ބަޔަކު ޒުވާނުންގެ ތެރޭގައި އެބައުޅެއެވެ. މިއީ އެންމެހާ ރައްޔިތުންވެސް ނިހާޔަތަށް ރައްކާތެރިވާންޖެހޭނެ، އެކަމަށްޓަކަށް ފުންކޮށްވިސްނަންޖެހޭނެ ކަމެކެވެ. ނުރައްކާތެރި ވަބާ ނައްތާލުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ހިއްމަތާއެކު ކުރަންޖެހޭނެ އެވެ. މިވަބާގައި ޖެހެމުންދާ ޒުވާންޖީލު އެކަމުން ރައްކާތެރިކުރުވުމަށްޓަކައި އެންމެހާ ރައްޔިތުންވެސް ހޭލައި ވިސްނަންވެއްޖެއެވެ. އެމީހުންނަށް އެކަމަށްޓަކައި ފަހިވަމުންދާ ، އަދި ފަހިކުރަމުންދާ މަގުތައް ބަންދުކޮށް އެކަމަށް ޙައްލެއް ހޯދަން އެބަޖެހެއެވެ. އަޅުގަނޑުމެންގެ ޅަދަރިންނަށް މިވަބާގެ އަސަރު ފޯރުމުގެ ކުރިން މިފަދަ ކަންކަމާމެދު ފުންކޮށް ވިސްނައި ހޭލަންވެއްޖެއެވެ. އަޅުގަނޑުމެން ކޮންމެ ފަރުދެއްގެވެސް ބޮލުގައި ޒިންމާއެއް އެޅިފައިވާކަން ދަނެ އެކަންކަމަށް ޒިމާދާރުވާންއެބަޖެހެއެވެ. ހިނިތުންވުމާއެކު އުފާވެރި މާދަމާއަކަށް ވާޞިލުވުމަށްޓަކައެވެ.

މަސްތުވާތަކެތީގެ ވަބާ ދިވެހި ޤައުމުން ނައްތާލުމަށްޓަކައި ނުހަނު ބޭނުންތެރި އިސްލާހީ ޕްރޮގްރާމްތަކެއް ހިންގެމުންދާ ދަނޑިވަޅެއްގައި ކަނޑިތީމުގެ ރައްޔިތުންނަކީވެސް އެކަމުގައި ފުރިހަމައަށް ބައިވެރިވެ، އެކަންކަމުގައި ފުރިހަމަ އެއްބާރުލުންދޭ ބަޔަކަށް ވަމާތޯއެވެ. ދިވެހި ޤައުމަކީ އެންމެންގެ ޤައުމަށް ވީފަދައިން މި ޤައުމުން މަސްތުވާތަކެތީގެ ވަބާ ނައްތާލުމަކީ އެންމެންގެވެސް ވާޖިބަކަށްވާތީއެވެ.
އ

No comments:




©2008 factkanditheem.blgospot.com | e-mail: factkanditheem@gmail.com