އަޟްޙާ ޢީދަށް ތައްޔާރުވުމުގެ ކުލަވަރު ފަނޑުވެފައި
ފާއިތުވި އަހަރުތަކާއި ޚިލާފަށް ކަނޑިތީމުގައި އަޟްޙާ ޢީދަށް ތައްޔާރުވުމުގެ ކުލަވަރެއް މިއަހަރު އެއްގޮތަކަށްވެސް ނުފެނެއެވެ.ކަނޑީތީމުގައި އަޟްޙާ ޢީދު ފާހަގަ ނުކުރަނީބާއޭ ހިތަށް އަރައެވެ. ނުވަތަ އެކަމަށްޓަކައި ޚަރަދުކުރާނެ ފައިސާ މިއަހަރު ނެތީބާއެވެ. ފައިސާ ހުރިނަމަވެސް އެކަމަށްޓަކައި ބޮޑު ޚަރަދެއް ކުރުމަށް ރައްޔިތުން ބޭނުން ނުވަނީ ބާއެވެ. މިކަމާ ގުޅިގެން ކަނޑީތީމުގައި އެއްވެސް ވާހަކައެއް ދެކެވޭ އަޑެއް ނީވެއެވެ. އަދި އެކަމަށްޓަކައި އެއްވެސް މަސައްކަތެއް ކުރާތަނެއްވެސް ނުފެނެއެވެ. ރައްޔިތުންގެ އަޑެއް އެކަމުގައި ނީވޭއިރު ރަށްކުރިވާ ކޮމެޓީއާއި ޢީދުކުޅިވަރަށް ޚާއްޞަކުރެފިވައިވާ ޢީދުކޮމިޓީގެވެސް އަޑެއް ބަޑެއް ނީވެއެވެ. އަދި މިކަމާގުޅިގެން ރަށު އޮފީހުންވެސް އެއްވެސް ވާހަކައެއް ނުދައްކައެވެ.
އެހެން އަހަރުތަކުގައި އަޟްޙާ ޢީދަކީ ށ.ކަނޑިތީމުގައި ވަރަށް ކުލަ ގަދަކޮށް، ވަރަށް ފޯރިއާއެކު ފާހަގަ ކުރަމުން އަންނަ ޢީދެކެވެ. ޚަރަދަކަށް ބެލުމެއްނެތި، ބޮޑެތި އެތައް ޚަރަދެއްކޮށްގެން ވިޔަސްވެހެވެ. ޒުވާނުންގެ ތަފާތު އެތައް ކުޅިވަރުތަކަކާއި މަޝްޙޫރު މިއުޒިކް ބޭންޑްތަކާއި ނަށާ ގުރޫޕް ތައް ގެނެސްގެންނެވެ. އަދި އެފަރާތްތަކަށް ކަނޑިތީމުގެ ރައްޔިތުން ދެއްވާ ހޫނު ތަރުޙީބަކީ ޢީދުގައި ރަށަށް އަރާ އެފަދަ ހަމަ ކޮންމެ ބަޔަކުވެސް އުފަލާއި ހިތްހަމަޖެހުމާއެކު ފާހަގަކުރާކަމެކެވެ. އަދި އަޟްޙާ ޢީދަށް ތައްޔާރުވުމުގެ ގޮތުން ކުރާ މަސައްކަތުގައިއާއި ޢީދު ފާހަގަކުރަމުންދާ އުފާވެރި ފޯރިގަދަ ވަގުތުގައި ކަނޑތީމުގެ ރައްޔިތުންނަކީ އެކުވެރިކަމާއި އެކަކު އަނެކަކަށް އެއްބާރުލައިގެން މަސައްކަތް ކުރުމުގައާއި ކުޅިވަރުކުޅުމުގައި ލާމަސީލު މިޘާލެކެވެ.އ

1 comment:
kuri ah othy alhaa eid tha noony fithru eid tha?so article is out of topic.but be carefull next time.
Post a Comment