ޑރ. ޝަހީދަކީ ޑރ. ޙަސަންގެ ރަނިންގމޭޓް ކަމުގައި ހަމަޖައްސަވައިފި
ޑރ. ޙަސަން ސަޢީދުގެ ރަނިންގމޭޓަކަށް ޑރ. ޝަހީދު ހަމަޖައްސަވައިފިއެވެ. ޑރ. ޝަހީދު ރަނިންގމޭޓަކަށް ހަމަޖެއްސެވީ މިރޭ އެކަމަށްޓަކައި ބޭއްވި ޚާއްޞަ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުން ކުރިއަށް ދިޔައީ ޑރ. ޙަސަންގެ ކެމްޕެއިން ހަރުގެ ކަމަށްވާ ހ.ލަންޗްމީޑްގައެވެ.ޢާއްމުންގެ ގިނަ ބަޔަކު ބައިވެރިވި މި ބައްދަލުވުމުގައި ވޭތިވެދިޔަ ދުވަސްތަކުގައި ރާއްޖޭގައި ހިނގާދިޔަ ބައެއް މައްސަލަތަކަށް އަލި އަޅުއްވާލަމުން ވިދާޅުވީ ރައްޔިތުންގެ ޙައްޤުތައް ފުރިހަމަ ގޮތުގައި ހޯދޭނީ މިހާރު މިއޮތް ވެރިކަން ބަދަލުކޮށްގެން ކަމުގައެވެ.
ޑރ. ޙަސަން ސަޢީދަކީ މި އިންތިޚާބުގައި އަމިއްލަ ގޮތުން ބައިވެރިވެފައިވާ ކެންޑިޑޭޓެކެވެ. އަދި ކުރީގެ ބަންޑާރަ ނައިބުގެ މަޤާމުވެސް ފުރުއްވަވާފައިވާ ބޭފުޅެކެވެ. އަދި ޑރ.ޙަސަންގެ ރަނިންގ މޭޓް ކަމަށް ހަމަޖެހިގެން ދިޔަ ޑރ. ޝަހީދަކީ ކުރީގެ ޚާރިޖީ ވަޒީރެވެ.ޑރ. ޙަސަންގެ ރަނިންގމޭޓް އިޢުލާނު ކުރެއްވުމުން މިހާތަނަށް ޑރ. ހަސަންއާއެކު ރަނިންގމޭޓް އިޢުލާނު ކުރެއްވީ ދެބޭފުޅުންނެވެ. އެ އީ މިހާރުގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމެވެ.އ
No comments:
Post a Comment