Sunday, September 14, 2008

މައުމޫނުގެ މެނިފެސްޓޯ އިޢުލާނު ކުރައްވައިފި

ޑީ.އާރްޕީގެ ޒައީމު އަލް އުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމުގެ މެނިފެސްޓޯ އިޢުލާނު ކުރައްވައިފިއެވެ. މި މެނިފެސްޓޯ އިޢުލާނުކުރެއްވުން އޮތީ މިރޭ ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ޙަފްލާއެއްގައެވެ. މައުމޫން ޢަބްދުލް ޤައްޔޫމާއި އެމަނިކުފާނުގެ ރަނިންގމޭޓް ތަސްމީން އަލީ އިފްތިތާޙްކޮށްދެއްވި ޑީ.އާރް.ޕީގެ މެނިފެސްޓޯ ހުށަހަޅައިދެއްވީ މައުމޫން ޢަބްދުލް ޤައްޔޫމެވެ.

އާ އުސްމިންތަކަކަށް ވާޞިލުވުމަށްޓަކައި އިޢުލާނުކޮށްފައިވާ މި މެނިފެސްޓޯގައި ދިވެހިރާއްޖެއަކީ އިސްލާމްދީން ފިޔަވައި އެހެން ދީނަކަށް ފުރުޞަތު ދޭނެޤައުމެއް ނޫންކަމަށާއި އިންސާފުވެރި ގޮތުގައި މިނިވަންކަމާއި ކުރިއެރުން ދިވެހި ރައްޔިތުނަށް ހޯދައިދޭނެކަމުގެ ވަޢުދުތައް ވެވަޑައިގެންފައިވެއެވެ. އަދި މަސްތަވާ ތަކެތީގެ ވަބާއިން ޤައުމު ރައްކާތެރިކޮށްދިނުމަށާއި އިތުރުވަމުންދާ ކުށްކުރުމުގެ މައްސަލަތަކަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅޭނެ ވާހަކަވެސް އެ މެނިފެސްޓޯގައި ހިމެނެއެވެ. މީގެ އިތުރުންވެސް ޞިއްޚީ ގޮތުން ރައްޔިތުންނަށް އެކަށޭނަ ، ޒަމާނީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށާއި އިތުރު އެތައް ވަޢުދުތަކެއް ވެވަޑައިގެންފައިވެއެވެ.އ


No comments:




©2008 factkanditheem.blgospot.com | e-mail: factkanditheem@gmail.com