ކޭލި ކަޕްގެ ތިންވަނަ މެޗް - ނައިންކިކް އަދި އޭ.އެފް.ސީ
މިއަދު ހަވީރު ކުރިއަށްދިޔަ ކޭލި ކަޕްގެ ތިންވަނަ މެޗްގައި ބައްދަލުކުރީ ނައިންކިކް އަދި އޭ.އެފް.ސީއެވެ. މި މެޗް 3-0 ލަނޑުން ކާމިޔާބުކޮށްފައިވަނީ ނައިން ކިކެވެ. މި މެޗްގައި އޭ.އެފް.ސީއަށް މާ ރަނގަޅު ކުޅުމެއް ދެއްކިފައިނުވިނަމަވެސް ނައިން ކިކް ވަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައެވެ. ގޯލް ޖަހާނެ ގިނަ ފުރުޞަތުތަކެއް ނައިންކިކަށް ލިބިފައިވެއެވެ.
މި މެޗްގައި ނައިން ކިކަށް 1 ވަނަ ލަނޑު މުއްތަސިމް ކާމިޔާބުކޮށްދިން އިރު 2 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ތައުފީޤެވެ. އަދި އެޓީމު ކާމިޔާބުކުރި އެންމެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ ނޫރެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާ އަކީ އޭ.އެފް.ސީ ގެ ގޯލް ކީޕަރ އަހުމަދު ފަހުމީއެވެ.
މި މެޗް ނިމުނު ނައިންކިކްގެ 1 ކުޅުންތެރިޔަކަށް ރީނދޫ ކާދު ދައްކާފައިވާއިރު އޭ.އެފް.ސީގެ 3 ކުޅުންތެރިޔަކަށް ވެސް ވަނީ ރީނދޫ ކާޑު ދައްކާފައެވެ. ނައިން ކިކް އިން ކާޑު ދައްކާފައިވަނީ ނޫރަށެވެ. އަދި އޭ.އެފް.ސީ އިން ކާޑު ދައްކާފައިވަނީ ޙަސަން ސިމާމް، ޙަކީމް އަދި ޢާދަމް މުޙައްމަދަށެވެ.
ނައިން ކިކް ވަނީ މުބާރާތުގެ ފުރަތަމަ މެޗްގައި ޔޫ.އެފް.ސީ އާއި ބައްދަލުކޮށް 1-0 ން ބަލިވެފައެވެ. އަދި އޭ.އެފް.ސީ އަކީ ކޭލި ކަޕްގެ ދެވަނަ މެޗްގައި މުންޏަމެރީއާއި ބައްދަލުކޮށް 4 -0 ން ބަލިވެފައިވާ ޓީމެކެވެ.އ

No comments:
Post a Comment