ކަނޑިތީމުގައި ދީނީ ނަޞޭޙަތް ދީފި

މިއަދު ހަވީރު މަސްޖިދުއް ނޫރުގައި އަސުރު ނަމާދަށްފަހު ދީނީ ނަޞޭޙަތް ދީފިއެވެ. މި ދީނީ ނަޞޭޙަތަކީ ކޭލި ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދިޔަ ކަމެކެވެ. އަދި މިއީ ކޭލި ޖަމިއްޔާ އިސްނަގައިގެން ދީނީ ނަޞޭޙަތެއް ކުރިއަށްގެންދިންދިޔަ ފުރަތަމަ ފަހަރެވެ. ކަނޑީތީމުގެ ވަރަށް ގިނަ ބަޔަކު ބައިވެރިވި މި ދީނީ ނަޞޭޙަތުގައި ޝޭޚް ވާހަކަ ދެއްކެވީ ޤިޔާމަތް ދުވަހުގެ ބިރުވެރިކަމާބެހޭ ގޮތުންނެވެ. ފެކްޓް ޓީމަށް މަޢޫލޫމާތު ލިބިފައިވާ ގޮތުގައި މި ދީނީ ނަޞޭޙަތުގައި ވާހަކަ ދައްކަވާފައިވަނީ ފޯކައިދޫއިން ގެނެސްފައިވާ ޝޭޚެކެވެ.
މިރޭ ށ. އަތޮޅު މަދަރުސާގައިވެސް ދީނީ ނަޞޭޙަތް ދިނުން ކުރިއަށްދާނެއެވެ. މިރޭގެ މި ނަޞޭޙަތްވެސް ކުރިއަށްދާނީ ހުރިހާ އެންމެނަށް ބައިވެރިވެވޭގޮތަށެވެ. އެހެންނަމަވެސް ށ. އަތޮޅު މަދަރުސާގެ ދަރިވަރުންގެ ތެރެއިން ބައިވެރިވެވޭނީ ގްރޭޑް 7 ން ފެށިގެން މަތީގެ ދަރިވަރުންނަށެވެ.އ
No comments:
Post a Comment