ކުއްލި ޚަބަރުގެ ތަފްޞީލު:
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ގެ ރަނިންގމޭޓަކީ ހ. ސީސައިޑް،ޑރ. އަހުމަދު އަލީ ސަވާދު ކަމުގައި ހަމަޖައްސަވައިފިއެވެ. ޤާސިމް އިބްރާހިމްގެ ރަނިންގ މޭޓް އިޢުލާނުކުރެއްވީ އެކަމަށްޓަކައި ވެސްޓް ޕާރކްގައި ބޭއްވި ޚާއްސަ ޙަފްލާއެއްގައެވެ.
ރޭގެ މި ޙަފްލާގައި އެ ޕާޓީގެ ކައުންސިލް މެންބަރ ފާތުމަތު ދިޔާނާ ވިދާޅުވީ ޤާސިމްގެ ރަނިންމޭޓަކަށް ހަމަޖެހިގެން ދިޔަ ޑރ. އަޙުމަދު ޢަލީ ސަވާދަކީ ތަޢުލީމީ ތަފާތު ގިނަ ރޮނގުތަކަކުން މަތީ ފާސް ހޯއްދަވައިގެން ހުންނެވި ބޭފުޅެއްކަމުގައެވެ. ދިޔާނާ ވިދާޅުވި ގޮތުގައި ސަވާދަކީ ހިސްޓްރީ، އިކޮނޮމިކްސް، ޕޮލޮޓިކަލް ސައިންސް އަދި ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ.
މި ޙަފްލާގައި ސަވާދުގެ ވާހަކަފުޅުގައި ޑީ.އާރް.ޕީގެ ޒަޢިމަށާއި ޑރ. ޙަސަން ސަޢީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ބަހުގެ ހަމާލަތައް ދެއްވިއެވެ. އަދި ޙަފްލާ ނިންމަވާލެއްވުމަށްފަހު ނުސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވައި ވާހަކަފުޅު ދެއްކެވިއެވެ. 16 އަހަރު ދުވަސް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު ސަވާދު މާލެ ވަޑައިގެންނެވީ މީގެ ދެތިން ދުވަސް ކުރިންނެވެ.
ރޭގެ ޖަލްސާ ކުރިއަށްދިޔަ ވަގުތުގައި އާއްމުންގެ ބަޔަކުވަނީ ވެސްޓް ޕާރްކް ރެސްޓައުރަންޓް ކުރިމަތީގައި ނުރުހުން ފާލުކޮށް ލިޔުންތައް ހިފައިގެން މުޒާހަރާކޮށްފައެވެ.
ޤާސިމް އިބްރާހިމަކީ މިހާތަނަށް ރަނިންގމޭޓް އިޢުލާނުކުރެއްވި 3 ވަނަ ބޭފުޅެވެ.އ
ޤާސިމް އިބްރާހިމްގެ ރަނިންމޭޓަކަށް ޑރ. ސަވާދު

No comments:
Post a Comment