Monday, September 15, 2008

ކޭލި ކަޕް ފެށި ފުރަތަމަ މެޗް އުޅިއަށީގެ ޓީމުން ކާމިޔާބު ކޮށްފި


މިއަދު ހަވީރު ކޭލި ކަޕް ފެށިއްޖެއެވެ. ހަވީރު 4:15 ގައި ފެށުނު ކޭލި ކަޕްގެ މި ރަސްމިއްޔާތު އިފްތިތާޙް ކޮށްދެއްވީ އިޖުލާލެވެ. މުބާރާތުގައި ބައިވެރިވާ 4 ޓީމު ބައިވެރިވި މި ރަސްމިއްޔާތުގައި ކުޅުންތެރިންގެ ފަރާތުން ނައިންކިކް ޓީމްގެ ކުޅުންތެރިޔާ ޙަމީދު ވާހަކަދެއްކިއެވެ. އަދ ި މި ރސްމިއްޔާތުގައި ކުރިއަށް އޮތް ޔޫތް ކަޕަށް ފަންޑް ހޯދުމަށްޓަކައި ބޭނުން ފަރާތަކަށް ފައިސާ ހަދިޔާ ކުރެވޭނެ އިންތިޒާމެއްވެސް އިފްތިތާޙް ކުރެވިގެން ދިޔައެވެ.

ކޭލި ކަޕްގެ ފުރަތަ މެޗްގައި ބައްދަލުކުރީ އުޅިއަށީގެ ޓީމާއި ނައިން ކިކެވެ. ދެ ޓީމުންވެސް ރަނގަޅު ކުޅުމެއް ދެއްކި މި މެޗްގެ ފުރަތަމަ ހާފް ނިމިގެން ދިޔައިރު 1 ލަނޑުގެ ތަފާތަކުން ކުރީގައި އޮތީ އުޅިއަށީގެ ޓީމެވެ. މި މެޗްގައި އުޅިއަށިގެ ޓީމަށް ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބިގެން ދިޔައެވެ. އެހެންނަމަވެސް ނައިންކިކަށް އެދެވޭ ރަނގަޅު ކުޅުމެއް ނުދެއްކުނު އިރު ލަނޑު ޖަހާނެ މާގިނަ ފުރުޞަތެއް ނުލިބުނެވެ. ނައިންކިކް ގެ ފުރަތަމަ މެޗްގައި އެޓީމު މުޙިއްމު ދެކުޅުންތެރިންކަމަށްވާ މުއްތަސިމް އަދި ލައްޗޭ ނުކުޅެއެވެ.

މެޗް ނިމިގެން ދިޔައިރު 3 ރީނދޫ ކާޑު ފެނިގެންދިޔައެވެ. ކާޑު ދެއްކީ އުޅިއަށީގެ 3 ކުޅުންތެރިންކަމަށްވާ އާގިލްއާއި ސާމިއު އަދި އަބްދުﷲ ޝަފީޤެވެ. ފޯރިގަދަ ކުޅުމަކަށްފަހު 1-0 ލަނޑުން މެޗް ކާމިޔާބު ކުރީ އުޅިއަށީގެ ޓީމެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔާއަކީ ނައިންކިކްގެ 1 ނަމްބަރ ޖާޒީގައި ކުޅޭ ނޫރެވެ.އ

No comments:




©2008 factkanditheem.blgospot.com | e-mail: factkanditheem@gmail.com