އޭ.އެފް.ސީ ބަލިކޮށް ޓީންސް ޔުނައިޓެޑް މެޗް ކާމިޔާބުކޮށްފި
މިއަދު ހަވީރު ކަނޑިތީމު ޒުވާނުންގެ ފުޓްބޯޅަ ދަނޑުގައި ކުޅުނު ޕްރެކްޓިސް މެޗްގައި ކުޅުނީ ސޮކަރ ކަޕްގައި ބައިވެރިވާ ޓީމެއްކަމަށްވާ ޓީންސް ޔުނައިޓެޑާއި ކޭލި ކަޕްގައި ބައިވެރިވާ ޓީމް، އޭ.އެފް.ސީ އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގެ ފުރަތަމަ ހާފް ނިމުނު އިރު 2- 1 ން ކުރީގައި އޮތީ އޭ.އެފް.ސީއެވެ.
ދެވަނަ ހާފްވެސް ފެށިގެން ކުރިއަށް ދިޔައިރު ކުޅުން ފެނިގެން ދިޔައީ ވަރަށް ފޯރީގައެވެ. ދެޓިމުންވެސް އެދެވޭ ރަނގަޅު ހަމަލާތަކެއް ގޯލަށް އަމާޒުކުރިއެވެ. އަދި ފަހަތުން އަރައި އޭ.އެފް.ސީ ކޮޅަށް 2 ގޯލް ޖަހައި ޓީންސް ޔުނައިޓެޑް މެޗް ގެ ކުރި ހޯދިއެވެ. ހިތްވަރުގަދަ ކުޅުމަކަށްފަހު މެޗް ނިމިގެން ދިޔައީ 3-2 ން ޓީންސް ޔުނައިޓެޑް މެޗް ކާމިޔާބުކޮށްގެންނެވެ. ޓީންސް ޔުނައިޓެޑަށް އެޓީމުގެ ކުރިއަށް ކުޅޭ ކުޅުންތެޔާ ނިމާލް 2 ގޯލް ކާމިޔާބު ކޮށްދިން އިރު އަނެއް ގޯލް ކާމިޔާބު ކޮށްދިނީ މަބްރޫކެވެ. އަދި އޭ.އެފް.ސީ ގެ 2 ގޯލް ކާމިޔާބު ކޮށްދިނީ ހަކީމް އަދި ވާފިރެވެ.އ
1 comment:
hehe badhalukury dhoo.mihaaru dhen rangalhu
Post a Comment