Wednesday, September 17, 2008

ކޭލި ޖަމިއްޔާގެޤުރުއާން މުބާރާތް މިއަދު ފަށައިފި


ކޭލި ޖަމިއްޔާއިން އިންތިޒާމްކޮށްގެން މިއަހަރު ރަމަޟާންމަހު އަލަށް ބާއްވާ ޤުރުއާން މުބާރާތް މިއަދު ފަށައިފިއެވެ. މި މުބާރާތް ކުރިއަށް ދަނީ ށ.އަތޮޅު މަދަރުސާގައެވެ. މުބާރާތް ފެށުމުގެ ގޮތުން ށ. އަތޮޅު މަދަރުސާގެ ހެޑްމާސްޓަރ ޙުސައިން ފަޔާޒް ވާހަކަ ދެއްކެވިއެވެ. އަދި މުޙައްމަދު ޝަމީމްވެސް ވާހަކަ ދެއްކެވިއެވެ.

ފެކްޓް ޓީމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މުބާރާތަކީ 2 އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް ޚާއްޞަކޮށްލައިގެން ބޭއްވޭ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެކި ޢުމުރުފުރާތަކަށް ބަހާލައިގެންނެވެ. މި މުބާރާތުގައި ވަރަށްގިނަ ޢަދަދެއްގެ ކުދިން ބައިވެރިވެފައިވެއެވެ.
އ

2 comments:

Anonymous said...

mee ga liyany kl ga hunna habaruthah copy kohgentha alhe fahe.

Anonymous said...

i also think so...... bitch boys. varah same dhoa. i think one person or group runs both blogs with two names.




©2008 factkanditheem.blgospot.com | e-mail: factkanditheem@gmail.com