Wednesday, October 1, 2008

ކޭލި ކަޕްގެ ޗެމްޕިއަންކަން ނައިން ކިކް ހޯދައިފި

ކޭލި ކަޕްގެ ފައިނަލް މެޗްގައި މުންޏަމެރީއާއެކު ބައްދަލުކޮށް ޗެމްޕިއަންކަން ނައިންކިކް ހޯދައިފިއެވެ. ކޭލި ކަޕްގެ ފައިނަލް މެޗް ކުޅެވުނީ މިއަދު ހަވީރު ކަނޑިތީމު ޒުވާނުންގެ ފުޓްބޯޅަ ދަނޑުގައެވެ. މި މެޗްގައި ވާދަވެރި އަދި ވަރަށް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައެވެ. އަދި ދެޓީމުންވެސް ރަނގަޅު ހަމަލާތަކެއް އުފެއްދިއެވެ. މި މެޗް 1-0 ން ކާމިޔާބުކުރީ ނައިން ކިކެވެ.

މިއަދުގެ މެޗްގައި ނައިން ކިކުން ކާމިޔާބު ކުރި ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗްގެ ފުރަތަމަ ހާފްގައެވެ. އަދި ދެވަނަ ހާފްގައިވެސް ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބެއް ނުކުރެވުނެވެ.

މި މެޗްގައި މުންޏަމެރީގެ ކުޅުންތެރިޔަކަށް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ. އެއީ އެޓީމުގެ މުޙައްމަދު ޝަރީފެވެ. އަދި މެޗް ކުޅެމުންދިޔައިރު މުންޏަމެރީގެ ކޯޗް ޙުސައިން ފަޔާޒާއި ރެފްރީއާއި ދެމެދު ވަނީ ކުޑަ ހަމަނުޖެހުމެއް ހިނގާފައެވެ.

މި މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާއަކީ ނައިންކިކަށް ޗެމްޕިއަންކަން ހޯދައިދިން މުޙައްމްދު މުއްތަސިމެވެ. އަދި މުބާރާތުގެ ވަނަ ވަނައަށް އައިސްފާވާ ފަރާތްތަކަށްވެސް ވަނީ މިއަދުގެ ރަސްމިއްޔާތުގައި އިނާމާއި ހަދާނީ ލިޔުން ދީފައެވެ. މުބާރާތުގެ ޗެމްޕިއަން ޓީމް ނައިން ކިކަށްވަނީ ތައްޓާއި ހަނދާނީ ލިޔުމުގެ އިތުރުން ފައިސާގެ އިނާމުވެސް ދެވިފައެވެ. އަދި ނައިން ކިކް ޗެމްޕިއަންކަން ހޯދުމުން މުބާރާތުގެ ރަނަރއަޕް ޓީމަކަށް ހޮވިފައިވަނީ މުންޏަމެރީއެވެ. ލީގް ޗެމްޕިއަންކަން ހޯދާފައިވަނީ ޔޫ.އެފް.ސީއެވެ. އަދި މުބާރާތުގެ އެންމެ އަޚުލާޤު ރަނގަޅު ޓީމަކަށް ނައިންކިކް ހޮވިފައިވާއިރު އެންމެ އަޚުލާޤު ރަނގަޅު ކުޅުންތެރިޔަކަށް ހޮވޮފައިވަނީ މުންޏަމެރީގެ ސާލިމެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރއަކަށް އޭ.އެފް.ސީގެ އަޙުމަދު ފަހުމީ ހޮވިފައިވާއިރު އެންމެ މޮޅު ދިފާއީ ކުޅުންތެރިޔާގެ މަޤާމު ހޯދައިފައިވަނީ މުންޏަމެރީގެ މުޙައްމދު ފައުޒާންއެވެ. އަދި މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރ އަކަށް ހޮވިފައިވަނީ ނައިން ކިކްގެ ނޫރެވެ. މުބާރާތުގެ އެންމެ މޮޅު ފޯވާރޑަކަށް ހޮވިފައިވަނީ ޔޫ.އެފް.ސީގެ ނިޔާޒެވެ. އަދި ނިޔާޒްވަނީ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަޤާމްވެސް ހޯދާފައެވެ،އަދި މުބާރަތް ކުރިއަށް ގެންދިއުމުގައި ތަފާތު ގޮތް ގޮތުން އެހީތެރިކަން ދިން ފަރާތްތަކަށްވެސް ވަނީ ހަނދާނީ ލިޔުން ދީފައެވެ.

މި މުބާރާތުގައި އެންމެ ގިނަ ގޯލް ކާމިޔާބުކޮށްފައިވަނީ ޔޫ.އެފް.ސީއެވެ. އެޓީމު ވަނީ ކުޅުނު ހުރިހާ މެޗެއްގައިވެސް ގޯލްޖަހައި މުޅިއެކު މި މުބާރާތުގައި 11 ގޯލް ކާމިޔާބުކޮށްފައެވެ. އަދި މި މުބާރާތުގައި ބައިކޮޅަށް އެންމެ ގިނަ ގޯލް ވަދެފައިވަނީ އޭ.އެފް.ސީގެ ގޯލަށެވެ. އެޓީމް ކޮޅަށް ވަނީ 14 ގޯލް ވަދެފައެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ނައިން ކިކަކީ ފާއިތުވި އަހަރުގެ ކޭލި ކަޕްގައިވެސް ޗެމްޕިއަންކަން ހޯދާފައިވާ ޓީމެވެ. އ

No comments:




©2008 factkanditheem.blgospot.com | e-mail: factkanditheem@gmail.com