Thursday, October 2, 2008

އަވަސް ޚަބަރު
ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ކަނޑީތީމަށް ވަޑައިގެންފި


ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓި ގުޅިގެން ހަދާފައިވާ ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑީޑޭޓް އަލްފާޟިލް ޤާސިމް އިބްރާހިމް މިއަދު ކަނޑިތީމަށް ވަޑައިގެންފިއެވެ. ޤާސިމް އިބްރާހިމް ކަނޑީތީމަށް ވަޑައިގެންނެވިއިރު މަރުޙަބާ ދެންނެވުމަށްޓަކައި ކަނޑީތީމުގެ ގިނަ ޢަދަދެއްގެ ރައްޔިތުންވަނީ ބަނދަރު ސަރަޙައްދަށް ޖަމާވެފައެވެ. ބަނދަރު ސަރަޙައްދަށް ޖަމާވި ގިނަ ބަޔަކު ވަނީ ޖުމްހޫރީ ޕާޓީގެ ދިދަ ހިފައިގެން ތިބެ ޖުމްހޫރީ ގުޅުމުގެ ޓީމަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. އަދި ރަށުގެ އެކި ހިސާބުގައާއި ބަނދަރުމަތީގައި ވަނީ ފޮތިގަނޑު ދަމާފައެވެ. މި ދަތުރުގައި ޤާސިމް އިބްރާހިމްގެ އިތުރުން ދެޕާޓީގެވެސް އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޖުމްހޫރީ ޕާޓިގެ ކަނޑީތީމު ގޮފީގެ ފަރާތުން މަފާޒު ވަނީ މިދަތުރުގައި ބައިވެރިވަފައެވެ.

ޖުމްހޫރީ ގުޅުމުގެ ޓީމް ވަނީ ކަނޑިތީމަށް ވަޑައިގެން ކަނޑިތީމު ރައްޔިތުންނާ ސަލާންކުރެއްވުމަށްފަހު ކަނޑިތީމު ސީ ހަޓު ކެފޭގައި ކަނޑީތީމު ރައްޔިތުންނާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކޮށްލެއްވުމުގައި ޖުމްހޫރީ ގުޅުމުގެ ސިޔާސަތާއި ބެހޭގޮތުން ވާހަކަދެއްކެވިއެވެ. އަދި ކަނޑީތީމުގެ ރައްޔިތުންގެ ޚިޔާލު ހޯދައި ޖުމްހޫރީ ގުޅުމުގެ މެނިފެސްޓޯގައި ހިމެނިފައިވާ ކަންތައްތަކާއި ބެހޭގޮތުން ވާހަކަދެއްކެވިއެވެ. އަދި ވެވަޑައިގެންފައިވާ މައިގަނޑު ވަޢުދުތަކާއި ބެހޭގޮތުން ވާހަކަ ދައްކަވައި ކަނޑީތީމު ރައްޔިތުންނާ އެކަންކަން ހިއްސާކުރެއްވިއެވެ.

ޖުމްހޫރީ ގުޅުމުގެ ޓީމު ކަނޑިތީމަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު މިހާރު ވަނީ ކަނޑީތީމުން ފުރާވަޑައިގެންފައެވެ. ކަނޑިތީމުގައި އެޓީމުގެ ބޭފުޅުން މަޑުކޮށްލެއްވީ ބައިގަޑިއެއްހާއިރުއެވެ.

ޤާސިމް ކަނޑިތީމަށް މިއަދު ވަޑައިގެންނެވިއިރު ދަތުރުވަނީ 3 ފަހަރަށް ލަސްކުރެވިފައެވެ. އެންމެ ފުރަތަމަ ކަނޑިތީމަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތީ މިދިޔަ އާދިއްތަ ދުވަހުއެވެ. އ

No comments:




©2008 factkanditheem.blgospot.com | e-mail: factkanditheem@gmail.com