އޮޑި އެހެލާ ފަޅު އަލުން ހަދަންފަށައިފި
ކަނޑިތީމު އޮޑި އެހެލާ ފަޅު އަލުން ހަދަން ފަށައިފިއެވެ. ފަޅު އަލުން ހަދަންފެށިނަމަވެސް މިފަހަރުވެސް ފަޅު ހަދަނީ ހަމަ ކުރީގައިވެސް އޮޑިއެހެލާ ފަޅު ހަދާފއިވާ ތަނުގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފަޅު ހަދަން ފަށާފައިވަނީ މިއަދުއެވެ.އ
ކަނޑީތީމުގައި ހަދާފައިވާ އޮޑި އެހެލާ ފަޅަކީ މީގެ އެތައް އަހަރެއް ކުރިން ހަދާފައިވާ ފަޅެކެވެ. އަދި އަލުން އެފަޅު ހެދުމަށް އެ ފެށީ އޮޑިވެރިންނަށް ބޭނުންނުކުރެވޭތާ އެތައް އަހަރުތަކެއް ފާއިތުވެ ދިޔަ ފަހުންނެވެ. އެންމެ ފުރަތަމަ އޮޑި ި އެހެލާ ފަޅު ހެދުމަށް ފެށި އިރުވެސް ރައްޔިތުންގެ ބައެއް މީހުންވަނީ ފަޅު ހަދާގޮތާއިމެދު ނުރުހުން ފާޅުކޮށް އެގޮތަށް ހަދާފިނަމަ ގިނަ ދުވަހަކު ބޭނުންނުކުރެވޭނެކަމަށް ބުނެފައެވެ. އެހެންނަމަވެސް އޭރު އެގޮތަށް ފަޅުވަނީ ކޮނެވިފައެވެ. ނަމަވެސް މާގިނަ ދުވަހެއް ނުވަނީސް ފަޅުގެ ބޭނުންނުކުރެވޭވަރަށް ފަޅު ތިލަވެ، ފަޅުގައި ހަދާފައިވާ ވެލީގެ ތޮށިގަނޑު ވަނީ ގިރަން ފަށާފައެވެ. އަދި ސުނާމީއާއެކު ވެލިގަނޑުގެ ވަރަށް ބޮޑުބައެއް ވަނީ ރާޅާއެކު ފަޅުތެރެއަށް ފާބައިފައެވެ. އަދި މިހާރު އެއްގޮތަކަށްވެސް ތޮށިގަނޑެއް ނެތުމުން ފަހުން ފަޅު ބޭނުންކުރަމުން އައި ކުދި ދޯނިފަހަރު ގެންގުޅޭ އޮޑިވެރިންނަށްވެސް ވަނީ ބޭނުން ނުކުރެވޭގޮތް ވެފައެވެ.އ
މިއަދާ ހަމައަށްވެސް ކަނޑިތީމުގެ ރައްޔިތުންނަށްވަނީ އެކަށީގެންވާ އޮޑިއެހެލާ ފަޅެއް ނުލިބިއެވެ. އަދި އެކަމުގެ ސަބަބުން މިހާރު ކަނޑިތީމުގައި ބޮޑެތި އޮޑިފަހަރު ގެންގުޅޭ ފަރާތްތަކަށް އެކަމުގެ ދަތިތައް އަންނަނީ ކުރިމަތިވަމުންނެވެ.އ
No comments:
Post a Comment