ރައްޔިތުންގެ ބޭސް ފިހާރައިގެ ފާމަސިސްޓްގެ ވާރކް ޕާމިޓް ޖޫރިމަނާއަށް 9225 ރުފިޔާ
ކަނޑިތީމު ރައްޔިތުންގެ ބޭސްފިހާރައަށް ގެނެސްފައިހުރި ފާމަސިސްޓްގެ ވާރކް ޕާމިޓް ޖޫރިމަނާގެ ގޮތުގައި 16 އޮކްޓޯބަރ 2008 ހަމައަށް 9225 ރުފިޔާ އަރާފިއެވެ. ބޭސްފިހާރައަށް ގެނެސްފައިވާ އިންޑިޔާގެ ރައްޔިތެއްކަމަށްވާ ޝިޖީންދްރަން ގެ ވާރކް ޕާމިޓްގެ މުއްދަތު ވަނީ 30 ސެޕްޓެމްބަރ 2008 ށް ހަމަވެފައެވެ. އަދި ވާރކް ޕާމިޓް ފީ ވަނީ 01 ޖެނުއަރ2008 ށް ހަމަވެފައެވެ.ވާރކް ޕާމިޓް ޖޫރިމަނާގެ ގޮތުގައި މިހާރު ކޮންމެ ދުވަހަކަށް އަންނަނީ 25 ރުފިޔާގެ މަގުން ޖޫރިމަނާވަމުންނެވެ. 30 ސެޕްޓެމްބަރ 2008 ން ފެށިގެން 16 އޮކްޓޯބަރ 2008 ށް ވާ 16 ދުވަހަށް، ކޮންމެ ދުވަހަކަށް 25 ރުފިޔާ ޖޫރިމަނާ ވެފައިވާތީ ޖުމުލަ ވާރކް ޕާމިޓް މުއްދަތު ހަމަވެގެން މިނިސްޓްރީއަށް ދައްކަންޖެހޭ ޖޫރިމަނާގެ ގޮތުގައި 425 ރުފިޔާ އަރާފައިވެއެވެ.
ވާރކް ޕާމިޓްފީ ހަމަވެފައިވާ ދުވަހުން ފެށިގެން ކޮންމެ ދުވަހަކަށް 25 ރުފިޔާގެ މަގުން ވާރކް ޕާމިޓް ފީވެސް އަންނަނީ ޖުރިމަނާ އަރަމުންނެވެ. ވާރކް ޕާމިޓް ފީ ހަމަވެފައިވާ 01 ޖެނުއަރީ 2008 ން ފެށިގެން ވާރކް ޕާމިޓް މުއްދަތު އިތުކުރާއިރު އިތުރަށް ދައްކަންޖެހޭ 01 މަސްދުވަހުގެ ފީއާއެކު ޖުމުލަ 12 މަހަށް ފީދައްކަން ޖެހެއެވެ. އަދި 01 ޖެނުއަރީ އަށް ފީ ހަމަވެފައިވާތީ 16 އޮކްޓޯބަރ 2008 ގެ ނިޔަލަށް ކޮންމެ ދުވަހަކަށް 25 ރުފިޔާގެ މަގުން ޖޫރިމަނާވެ، ޖުމުލަ 6050 ރުފިޔާ މިނިސްޓްރީއަށް ވާރކް ޕާމިޓް ފީގެ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހެއެވެ.
މުޅި ޖުމުލަ ވާރކް ޕާމިޓް މުއްދަތު ހަމަވެގެންނާއި ދައްކަންޖެހޭ ވާރކް ޕާމިޓް ފީއާއި ވާރކް ޕާމިޓް ފީއަށް ވެފައިވާ ޖޫރިމަނާއާއެކު 16 އޮކްޓޯބަރ 2008ގެ ނިޔަލަށް 9225 ރުފިޔާ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީއަށް ދައްކަންޖެހއެވެ. އަދި 16 އޮކްޓޯބަރ 2008 ގައި މި ފައިސާ ނުދައްކައިފިނަމަ އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް ވާރކް ޕާމިޓް މުއްދަތު ހަމަވެފައިވާތީއާއި ވާރކް ޕާމިޓް ފީ ހަމަވެފައިވާތީ 50 ރުފިޔާ އަންނާނީ ޖޫރިމަނާގެ ގޮތުގައި އިތުރުވަމުންނެވެ. އެއީ ވާރކް ޕާމިޓް މުއްދަތު ހަމަވެގެންޖޫރިމަނާވާ 25 ރުފިޔާއާއި ވާރކް ޕާމިޓް ފީ ހަމަވެގެން ކޮންމެ ދުވަހަކަށް ވާ 25 ރުފިޔާ އެއްކޮށްލުމުން ޖުމުލަވާ 50 ރުފިޔާއެވެ.
ވާރކް ޕާމީޓްގެ ކަންތައް ބަލަހައްޓަމުން އަންނަނީ ރަށު އޮފީހުންނެވެ. އަދި މިކަމުގައި ރަށު އޮފީހުގެ އިހުމާލު ވަރަށް ބޮޑެވެ. ހަމަ ޔަޤީނުންވެސް އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ބަރާބަރަށް ވާރކް ޕާމިޓްގެ ކަންތައްތައް ބަލަހައްޓަމުން އައިނަމަ ރައްޔިތުންގެ ފައިސާއިން މިހާބޮޑު ޚަރަދެއް ބޭކާރު ގޮތުގައި ކުރާކަށް ނުޖެހުނީހެވެ.
ފުލުގައި ރޯވީމާ ކަންކުރާ އުޞޫލުން ކަންކުރަން އުޅެންޏާ ވާގޮތް މިއޮތީ ފެންނާށެވެ. ޖޫރިމަނާވެގެން ގޮސް މިހާތަނަށް ބޭސްފިހާރައަށް ލިބިފައި ހުރިނަމަ ލިބިފައި ހުރި ފައިސާއެއް މިކަމަށް ޚަރަދުކުރަން ނުޖެހުނިއްޔާ ރަނގަޅެވެ. ކޮންމެ ގޮތެއްގައި ވިޔަސް މިފައިސާ ދައްކަންޖެހޭނީ ރައްޔިތުންގެ ފައިސާއިންނެވެ. ފާމަސީ އަކީ ރައްޔިތުންގެ ތަނަކަށްވީތީ އެތަނަށް ލިބޭ ފައިސާއަކީވެސް ހަމަ ރައްޔިތުންގެ ޙައްޤެކެވެ. އެހެންކަމުން ރައްޔިތުންގެ ޙައްޤުތަކަށް ރަށުއޮފީހުން އިހުމާލުވާވަރު އެންމެނަށް ހަމައެކަނި މިކަމުންވެސް އެބަ ސާފުވެއެވެ. އަދީ އަޅުގަނޑުމެންނަށް ނޭނގޭ ސިއްރުވެފައި ހުރި މިފަދަ ކިތައް ކަންތައް ހުންނާނެހެއްޔެވެ؟ މި ކަމުގައި ރަށު އޮފީހުން ވަރަށް ފުރިހަމައަށް އިހުމާލުވެފައިވާތީ މިކަމުގައި ޒިންމާ ވާން ޖެހޭ ފަރާތަކީ ރަށު އޮފީހުންކަން ޔަޤީނެވެ.އ
No comments:
Post a Comment