Friday, September 26, 2008

ައަނެއް ދިވެހި ރާއްޖެއަކީ ހަމަ މިއީތޯއެވެ ؟؟؟

އެމްޑީޕީގެ 19/09/08 ގެ ޖަލްސާގައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް (އަންނި) އަނެއްކާވެސް ވަރަށްބޮޑު އިތުރުފުޅެއް ހައްދަވައިފި އެވެ. ނަމަވެސް މިއީ މާލޭގެ ރައްޔިތުންނަށް ނިސްބަތް ވާ ދޮގަކަށް ވާތީ އަތޮޅުތެރޭ ރައްޔިތުންނަށް މިކަން ޤަބޫލްކުރައްވަން ދަތިވެދާނެއެވެ. " ވޯޓް އަންނި" މިވެބްސައިޓް ގައިވާ 19/09/08 ގެ ޖަލްސާގެ (އެއްމެ ތިރީގަ އިން ވީޑިއޯ) ގައި އަންނި ވިދާޅުވެފައިވަނީ :"އަޅުގަނޑު މެން ގޭގެއަށް ވަންނަމުން - ދާއިރުގައި ދަންނަވަންތޯ އެއީ މިއަދަކުނޫން، މުޅިމާލޭގެ ހުރިހާގެއަކަށް ވަދެވޭ ތިންވަނަފަހަރަށް މިފަހަރު މިވަނީ". ދަންނަވަންތޯ؟ އަޅުގަނޑަށް ކެރިހުރެ މިދަންނަވަނީ މާލޭގެ ހުރިހާ ގެއަކަށް ތިން ފަހަރު ކީއްކުރަން ތޯ އެންމެ ފަހަރަކުވެސް އެމްޑީޕީން ވަން ކަމަށް ބުނާ އެކަމަކީ ނާދިރު ކަމެކެވެ.އެހެނީ މިކަމަކީ ތެދެއްތޯ ކަށަވަރު ކުރުމަށް ނިކަން މާލޭގެ ދިރިއުޅޭގެތަކަށް ވަޑައިގެން ނޫނީ ގުޅުއްވައި އައްސަވައި މައުލޫމާތު ސާފުކުރައްވަބައްލަވާށެވެ. ހަމަ ޔަޤީނުންވެސް މިކަމެއް ނުވާނެ އެވެ. މިފަދަ ޢިބާރާތްތަކަކީ މިހާރު މިއުޅޭ ސިޔާސީ ހުރިހާ ލީޑަރުން ކެމްޕެއިނަށް ނުވަތަ އަމިއްލަ އެދުމަށް ބުނާ ބުނުން ނޫން ކަން ހަމަވިސްނޭ އެއްވެސް ދިވެހި ރައްޔިތަކު ޤަބޫލު ކުރާނެ ކަމެއް ނޫންކަން ކަށަވަރެވެ.
ރައްޔިތުންނަށް ކަށަވަރުވާ މިފަދަ އެތައް ދޮގެއް ހަދާ، ފޮނި ޢިބާރާތްތައް ފައްޗަކަށް އަމުނަމުން ވެރިކަމައް އަރާ އަދި މިފަދަ ކިތައް ދޮގުތައް ހަދާ ރައްޔިތުން ހާސްކަމެއްގެ ތެރެއައް އެއްލާލައި އޮޅުވާލަ ފާނެ ބާވެއެވެ؟

No comments:




©2008 factkanditheem.blgospot.com | e-mail: factkanditheem@gmail.com