ފަޅު ފުންކުރުމުގެ މަސައްކަތް ނިމެނީ

ފަޅު ފުންކުރުމަށް ފެނޭތޯ ބެލުމަށް ވޯޓު ނެގި ބައްދަލުވުމަށް ހާޒިރުވި މީހުންގެ ތެރެއިން 58 މީހުންގެ ތާއީދާއެކު ފަޅު ފުންކުރުމުގެ މަސައްކަތްފަށައި ފަޅު ފުންކޮށް ނިންމައިފިއެވެ. އަދި މިހާރު އެދިމާލުގައި ތޮށި ލުމުގެ މަސައްކަތް ފަށައި ބޮޑުބައެއް ނިމިފައިވާކަމަށް ފެކްޓް ޓީމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ފަޅު ފުންކުރުމަށް ފަހު ނަގާފައިވާ ފަސްތައް އަދި ބަހައްޓާފައި ހުރީ އެދިމާ ޖެޓީ ކައިރީގައެވެ. އަދި މި ފަސްތައް ނެގުމަށްޓަކައި ބޭނުންވާ އިތުރު ސާމާނުތައް މިހާރު ގެނައުމުގެ މަސައްކަތް ކުރިއަށް ދާކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މި ފަސްތައް އެޅުމަށް ހަމަޖެހިފައިވަނީ ދޯނި ބަންނަ ސަރަޙަދުގައި ކޮނެފައިވާ ވަޅު ތަކަށް ކަމަށާއި އަދި ބޭނުން މީހަކަށް އެއިން ފަސް ލިބޭގޮތަށް ހަމަޖެހިފައިވާކަމުގެ މަޢުލޫމާތުވެސް ވަނީ ލިބިފައެވެ.
ފަޅު ތެރެއަށްފައިބާފައިވާ ފަސްގަނޑު ނަގައި ފަޅު ފުންމިކުރެވުނީ ފަޅު ތެރެއަށް ފަސްގަނޑު ފައިބާފައި އޮންނަތާ އެތައް ދުވަހެއް ފާއިތުވެގެން ދިއުމަށް ފަހުއެވެ. އަދި އެކަމުގެ ސަބަބުން ފަޅުން ބޭނުން ނުކުރެވޭ ގޮތަށް ބޮޑު ބައެއް ގެއްލި، އެތައް ގެއްލުންތަކަކާއި ދަތިތަކެއް ކަނޑިތީމުގެ ރައްޔިތުންވަނީ ތަޙައްމަލުކޮށްފައެވެ. އެހެންނަމަވެސް މިހާރު ފަޅު ފުންކުރެވިފައިވާތީ އެކަމުގެ ފަސޭހައާއި ހިތްހަމަޖެހުންވެސް ލިބޭނީ ހަމަ ކަނޑިތީމުގެ ރައްޔިތުންނަށްކަން ޔަޤީނެވެ.
ފަޅު ފުންކުރުމާއި ބެހޭ ގޮތުން ރައްޔިތުންގެ މެދުގައިވަނީ ޚިޔާލު ތަފާތުވުންތައް އުފެދިފައެވެ. އެކި މީހުން ދެކެނީ އެކި ގޮތަށެވެ. އަދި އެމަސައްކަތް ކުރުމަށްޓަކައި އައި ޓީމުގެ މަސައްކަތްވެސް ފެށުނީ ވަރަށް ގިނަ ދުވަސްތަކެއް ފާއިތުވެ ދިއުމަށްފަހުއެވެ. މަސްވެރީންގެ ގިނަ ބަޔަކު ތޮށިގަނޑު ރަނގަޅު ފެންވަރެއްގައި ނަހަދާ ފަޅު ފުންކުރުމަށް ބޭނުންނުވާކަމަށް ބުނަމުން ދިޔައިރު އަނެއްބަޔަކު ބުނަމުން ދިޔައީ އެމީހުން ބޭނުންވަނީ ތޮށިގަނޑު ނުހެދުނު ކަމުގައިވިޔަސް ފަޅު ފުންކުރުމަށެވެ. އަދި ގިނަ ބައެއްގެ ތާއީދާއެކު ނިމިގެންދިޔައީވެސް އެގޮތަށެވެ.
ބައެއް ރައްޔިތުންދެކޭގޮތުގައި ރަނގަޅު ފެންވަރެއްގައި ތޮށިގަނޑެއް ނަހަދައި މިފަހަރު ހަމައެކަނި ފަޅުފުންކޮށްފިނަމަ ސަރުކާރުގެ ލިޔުންތަކުގައި ލިޔެވިފައިހުންނާނީ ކަނޑީތީމުގެ ފަޅަކީ މަރާމާތު ކުރެވި، ރަނގަޅު ފެންވަރެއްގައި ހެދިފައިވާ ފަޅެއްގެ ގޮތުގައެވެ. އަދި ފަހުން އެކަމާ ކަނޑީތީމުގެ ރައްޔިތުން ހިތާމަ ކުރަންޖެހޭނެ ކަމަށާއި ތޮށި ގަނޑު އޮންނާނީ ހަމަ ކުރިއެކޭވެސް އެއްފަދަ ހަލާކުވެފައިވާ ގާ ތޮއްޓެއްގެ ގޮތުގައިކަމަށް ބައެއް މީހުން ބުނަމުންދެއެވެ.އ
No comments:
Post a Comment