Wednesday, September 24, 2008

އަނެއް ދިވެހިރާއްޖޭގެ ޒަޢީމް ށ. ކަނޑިތީމަށް ވަޑައިގަންނަވަނީ


އަނެއް ދިވެހިރާއްޖޭގެ ޒަޢީމް، އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު (އަންނި) މިރޭގެ ވަގުތެއްގައި ކަނޑީތީމަށް ވަޑައިގަންނަވާނެއެވެ. އަދި މި ދަތުރުފުޅުގައި އަންނިގެ ރަނިންގމޭޓް ޑރ. ވަޙީދުގެ އިތުރުން އެމް.ޑީ.ޕީގެ ބައެއް އިސްބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

އެމް.ޑީ.ޕީއަށް ހޫނު މަރުޙަބާއެއް ކިޔުމަށްޓަކައި ކަނޑީތީމުގެ އެމް.ޑީ.ޕީގެ މެންބަރުންނާއި އެމް.ޑީ.ޕީއަށް ތާއީދު ކުރާ ގިނަ ބަޔަކު ގުޅިގެން ވަނީ ވަރަށް ގިނަ ތައްޔާރީތަކެއްވެފައެވެ. ރަށުގެ އެކި ހިސާބުގައި ފޮތިގަނޑުތައްވެސްވަނީ ހަރުކޮށްފައެވެ.

އަންނި ކަނޑިތީމަށް ވަޑައިގެންނެވުމަށްފަހު ކަނޑީތީމުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިކަމަށްޓަކައި އެމް.ޑީ.ޕީގެ ބައްދަލުވުމެއް ކަނޑިތީމުގައި ބޭއްވުމަށްވެސް ހަމަޖެހިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

No comments:




©2008 factkanditheem.blgospot.com | e-mail: factkanditheem@gmail.com