އެއްބަޔަކު ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި
އެއްދުވަހުން އަނެއްދުވަހަށް މީހުންގެ ވިސްނުމާއި ފިކުރު މިއަންނަނީ ތަރައްޤީވަމުންނެވެ. މީހުންނަށް ލިބޭ ތަޢުލީމާއި ތައުލީމު ލިބިގަންނަ މީހުންގެ ޢަދަދު އިތުރުވެ، އޭގެ ބޭނުން ހެޔޮގޮތުގައި ކުރާމީހުންނާއި އޭގެ ބޭނުން ކުރަންވީގޮތް ނޫން އެހެންގޮތްގޮތަށް ކުރާމީހުން ކުރާ ކަންތައްތައް އަޅުގަނޑުމެން މިއަންނަނީ ދެކެމުންނެވެ. އެކަކު އަނެކެއްގެ ޒާތީ ކަންތައްތަކަށް އަރައިގަނެ ، އެފަދަޢަމަލުތައް އަންނަނީ އިތުރުވަމުންނެވެ.
ފެކްޓް ކަނޑިތީމުގެ ނަމުގައި މިބްލޮގް ހިންގާ ކުރިއެރުވުގެ މަޤުޞަދަކީ ށ. ކަނޑިތީމުގެ ރައްޔިތުގެ ހުރި ނާތަހުޒީބު ވިސްނުންތައް ޒަމާނީ ވިސްނުމަކަށް ބަދަލުކޮށް އެކިފަރާތްތަކުން ފަތުރާ ދޮގު ޚަބަރުތައް ހެޔޮގޮތުގައި ރައްޔިތުންނަށް ހާމަކޮށްދީ އޭގެ ފުރިހަމަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އަދި ހިނިތުންވުމާއެކު އުފާވެރި މާދަމާއަކަށް ވާޞިލުވުމެވެ. ފެކްޓް ކަނޑިތީމުގެ މަޤުޞަދު ހާޞިލްކުރުމުގައި ފެކްޓް ޓީމުން މަސައްކަތްކުރާނީ ވަކި މީހަކަށް ބެލެމެއްނެތިއެވެ. މީހެއްގެ މޫނަށް، ކަނދުރާއަކަށް ބަލަމުންނެއް ނުމެނޫންމެއެވެ. ފެކްޓް ޓިމްގެ މަސައްކަތަށް ހުރަސްއެޅޭ ގޮތަށް ވަކި ބަޔަކު ކިޔާހާ ފާޑަކަށް، ދައްކާހާ ދޮގު ވާހަކައަކަށް، ބުނާ ބުނުމަކަށްނުބަލާނަމެވެ. މިކަމާ މެދު ހަސަދަވެރިވާ މީހުން ތިބެންޖެހޭނީ ފެކްޓް ޓީމްގެ ފަހަތުގައެވެ. ނުހަނު ފުރިހަމަކަމާއެކީ ބަލިކޮށްލާނަމެވެ. ކާމިޔާބު ހޯދާނީ ފެކްޓްގެ ޓީމުންކަން ކަށަވަރެވެ.
ފެކްޓް ކަނޑިތީމު ބްލޮގްގެ އަދި ކަނޑިތީމްލައިވްގެ 'ޝައުޓް ބޮކްސް' ބަލާލާ ހަމަ ކޮންމެ މީހަކަށް ވަރަށް ސާފު ކަމާއެކީ ފެކްޓް ކަނޑިތީމްގެ ޓީމާ މެދު ހަސަދަވެރިވާ މީހުން ފެންނަނާނެއެވެ. ތަފާތު ދެކޮޅުނުޖެހޭ ވާހަކަ ދައްކާ މީހުންގެ ވާހަކަތައްވެސް ފެންނާނެއެވެ. ތަފާތު ނަންނަމުގައި އެ ޝައުޓް ބޮކްސް ތަކުގައި ވާހަކަ ދައްކަނީ ފެކްޓް ކަނޑިތީމުގެ މީހުންނޭވެސް ކިޔާނެއެވެ. އެހެނަސް ފެކްޓް ޓީމުގެ ހިތަށް ހަމައެކަށްޗެއްވެސް ނާރައެވެ. ނުވެސް އަރާނެއެވެ. އަދި ކީއްތޯއެވެ. ކަހަރުވަކެކޭވެސް ހީނުވެއެވެ. ހަސަދަވެރިވާ މީހުން ތިބެންޖެހޭނީ ހަސަދަވެރިވާކަން ހިތަށް އަރުވައިގެންނެވެ. އިތުރުކަމެއް ކުރެވޭނެ ޖާގައެއް އެމީހުންނަކަށް ނެތެވެ. އަދި ނުވެސް ދޭނަމެވެ.ފެކްޓް ޓީމުން މިތިބީ ކަނޑިތީމުގެ ލޮބުވެތި ރައްޔިތުންނާއެކީ ވަރަށް ފުރިހަމައަށް ސާބިތުކަމާއެކީ ފައިތިލަ ސާބިތުކޮށްގެންނެވެ. ތަފާތު ދޮގު ވާހަކަތައް ދައްކައިގެން ފެކްޓްޓީމް ބައިބައިކޮށްލައި ބަލިކޮށްލުމަށް ކުރާ އެއްވެސް މަސައްކަތަކަށް ކުޑަވެސް ކުރިއެރުމެއް ނުލިބޭނެއެވެ. ބްލޮގް ހިންގަނީ ބްލޮގް ހިންގޭތީއެވެ. 17 އަހަރުނުވާ ކުޑަކުދިން މީކަމުގައި ބައިވެރިކޮށްގެނެއް ނޫނެވެ. ހަސަދަވެރިންނަށް ހީވާ ހީވުމަކީ، ވިސްނޭ ވިސްނުމަކީ ތާކުންތާކު ނުޖެހޭ ކޫސަނި ވިސްނުމެކެވެ. ދަންނަވާލަން އޮތީ ތިޔަ ބޯދާ ވިސްނުން ދޫކޮށްލައި މިއޮތްފަދަ ހޭލުންތެރި ޒަމާނުގައި ފުރިހަމައަށް ހޭލައި ތިބި ބަޔެއްގެ ބޮލަށް ސަވާރުނުވޭނެއެވެ. އަދި އެކަމަށްޓަކައި ކުރަމުންދާ ބުރަ މަސައްކަތް ހުއްޓާލުމަށް އިލްތިމާސްކުރަމެވެ.
ފެކްޓް ކަނޑިތީމަކީ މީހުންގެ އަބުރާއި ޢިއްޒަތަށް އަރައިގަންނަ ބައެއްނޫނެވެ. އަދި އެކަމަށް މަސައްކަތްވެސް ކުރާނެ ބައެއްނޫނެވެ. ފެކްޓް ޓީމުން މަސައްކަތް ކުރަނީ ހިތްމަތާއެކު ކަނޑިތީމު ރައްޔިތުންގެ މިނިވަންކަމާއި ރައްޔިތުންގެ ސިފަތައް، އަދި ރައްޔިތުންގެ ރަމްޒުތައް ދިފާޢުކުރަމަށެވެ. ފެކްޓް ޓީމުން، ފެކްޓް ކަނޑިތީމުގެ މަޤުޞަދު ހާޞިލުކުރުމަށްޓަކައި އޮތް ހެޔޮލަފާ ޢަޒުމަކީ ގުޑާނެ އެއްޗެއްނޫނެވެ. އެކަމުގައި ސާބިތުކަމާއެކީ ކުރިއަރާ ދާނަމެވެ. ކުޅެމުންދާނީ ހުނަރުވެރި، މޮޅު ކުޅުމެކެވެ. ހަސަދަވެރީން ބަލަންތިބުން ރަނގަޅުކަމަށް ދެކެމެވެ. ހުނަރުވެރިކަން ދެކިލުމަށެވެ.
ފެކްޓް ކަނޑިތީމާމެދު ރައްޔިތުން ދެކޭގޮތް ބަދަލުކުރުމަށް ކުރާ މަސައްކަތަކީ ހަސަދަވެރީންނަށް ކާމިޔާބީއަކާހަމައަށް ދެވޭނެ ކަމެއްނޫނެވެ. ރައްޔިތުންގެ ހިތާއި ސިކުންޑިއާއި ތާއީދު އެކަމަށްޓަކައި ކާމިޔާބު ނުކުރެވޭނެކަން ޔަޤީނެވެ. ރައްޔިތުންގެ ޝަހުޞިއްޔަތާއި ހައިބަތު ދުއްވާލުމަށް ކުޑަވެސް މަސައްކަތެއް ހަމަ ޔަޤީނުންވެސް ފެކްޓް ޓީމަކުން ނުކުރާނަމެވެ. އާޑަ ފުރައްސާރައިގެ ވާރޭ ވެއްސާތަނެއްކަމުގައި ފެކްޓް ކަނޑިތީމެއް ނަހަދާނަމެވެ. މީހުން ފަޟީހަތްކުރުމާއި މަލާމާތުގެ އިބާރާތްކާއި ކުޑައީމީސްކުރުމުގެ ބަސްތައް އެއްވެސް މީހަކަށް ރައްދުކުރުމުގެ ސިޔާސަތެއް ނުގެންގުޅޭނެމެވެ. ޙަޤީޤަތާއި ޚިލާފު ވާހަކަތައް ދެކުމަކީ ފެކްޓް ކަނޑިތީމުގެ ސިޔާސަތެއް ނޫނެވެ.
މީހުންގެ އަބުރާއި ޢިއްޒަތަށް އަރައިގަތުމުގެ ބަދަލުގައި މިއަދު އަޅުގަނޑުމެން ކުރަންޖެހޭ އެތައްކަމެއް އެބަހުއްޓެވެ. ވިސްނަންޖެހޭ ވިސްނުންތަކެއް އެބަހުއްޓެވެ. ކަނޑައަޅަންޖެހޭ ޢަޒުމްތަކެއް އެބަހުއްޓެވެ. ބިރާއި ހާސްކަން، ފިތުނައާއި އުދާސްކަން ފޮހެލުމެވެ. އެކެއްގެ ވިސްނުމަށް އަނެކަކު އިޙްތިރާމްކުރުމެވެ. އަންނަމުން މިދާ ބަދަލުތައް ތަޙައްމަލުކޮށް، އެކަމަށް ފަރިތަވެ އަހުލުވެރިވުމެވެ. އާޒަމާނެއްގަ، ޑިމޮކްރަސީއާއި މިނިވަން ޚިޔާލަށް ފުރުޞަތު ދީގެން ކުރިއަށް ދިއުމެވެ. ހަމަޔަޤީނުންވެސް ފެކްޓް ކަނޑިތީމު ކުރިއަށްދާނީ ހިނިތުންވުމާއެކު ކުރިއަށްދެވެން ފުރުޞަތުއޮތް މަގަކުންނެވެ. ގިނިއަންދަމުން ފަހަތަށް ދިއުމަކީ ފެކްޓް ކަނޑިތީމުންޤަބޫލުކުރާކަމެއްނޫނެވެ. ފެކްޓް ކަނޑިތީމު ކުރިއަރާ ދާތީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި ތިބި މީހުން އެކަމުން ސަލާމަތްވުމަށް އިލްތިމާސްކުރަމެވެ.އ
1 comment:
i am confused? are factkanditheem and kanditheemlive two brothers or these two blogs are written by the same one with two different names.
Post a Comment