Friday, September 19, 2008

ކުއްލި ޚަބަރު:
ލިބެރަލް ޕާރޓީގެ ރިޔާސީ ކެނޑިޑޭޓްގެ ރަނިންގމޭޓަކަށް ނާހިދު ޝާކިރު

ސޯޝަލް ލިބެރަލް ޕާރޓީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް އިސްމާއީލް (އިބްރާ) ގެ ރަނިންގމޭޓަކަށް އަލްފާޟިލާ ނާހިދު ޝާކިރު ހަމަޖައްސަވައިފިއެވެ. އިބްރާގެ ރަނިންގމޭޓް އިޢުލާނުކުރެއްވީ މިކަމަށްޓަކައި މިރޭ ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ބައްދަލުވުމެއްގައެވެ. އަދި މިރޭގެ މި ބައްދަލުވުމުގައި އެ ޕާރޓީގެ މަސްތުވާތަކެއްޗާއިބެހޭ ސިޔާސަތުވެސް ހާމަކުރުން އޮތެވެ.

މިރޭގެ މި ބައްދަލުވުމުގައި އިބްރާގެ އިތުރުން އިބްރާގެ ރަނިންގމޭޓް ވާހަކަފުޅު ދެއްކެވިއެވެ. އިބްރާގެ ވާހަކަފުޅުގައި ޑީ.އާރް.ޕީގެ ސިޔާސަތަށާއި ޚާއްޞަކޮށް މައުމޫނު ޢަބްދުލް ޤައްޔޫމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އަދި އެމް.ޑީ.ޕީގެ ސިޔާތަށްވެސް ފަޑުވިދާޅުވެ ވާހަކަފުޅު ދެއްކެވިއެވެ. އިބްރާއަކީ އެމް.ޑީ.ޕީ އުފެއްދެވުމުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާ އަދި އެމް.ޑީ.ޕީގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އިބްރާއަކީ މިހާތަނަށް އަދި ރަނިންގ މޭޓެއްގެ ގޮތުގައި އަންހެން ބޭފުޅަކު ހަމަޖެއްސެވި ފުރަތަމަ ބޭފުޅެވެ. އަދި ރަނިންގމޭޓް އިޢުލާނުކުރެއްވި 5 ވަނަ ބޭފުޅެވެ.އ

No comments:




©2008 factkanditheem.blgospot.com | e-mail: factkanditheem@gmail.com