ކޭލި ކަޕްގެ ހަތަރު ވަނަ މެޗް - މުންޏަމެރީ އަދި ޔޫ . އެފް . ސީ

މިއަދު ހަވީރު ޒުވާނުންގެ ފުޓްބޯޅަ ދަނޑުގައި ކުރިއަށް ދިޔަ ކޭލި ކްޕްގެ ހަތަރުވަނަ މެޗްގައި ބައްދަލުކުރީ މުންޏަމެރީ އަދި ޔޫ .އެފް .ސީ އެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗް ނިމގެން ދިޔައީ 1-1 ން އެއްވަރުވެގެންނެވެ.
މި މެޗްގައި މުންޏަމެރީއަށް ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑު ކާމިޔާކޮށްދިނީ އަޙުމަދު ސިރާޖެވެ. އަދި ޔޫ.އެފް.ސީގެ ލަނޑު ކާމިޔާބު ކޮށްދިނީ އެޓިމުގެ ހުނަރުވެރި ފޯވާރޑް ނިޔާޒެވެ.
މިއަދުގެ މެޗްގައިވެސް 3 ރީނދޫ ކާދު ފެނިގެންގޮސްފައިވެއެވެ. މުންޏަމެރީގެ ރަޝީދު އަދި ނަސީމްއަށް ކާޑު ދައްކާފައިވެއެވެ. އަދި ޔޫ.އެފް.ސީން ކާޑު ދައްކާފައިވަނީ ނިޔާޒާށަވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާއަކީ މުންޏަމެރީގެ ހުނަރުވެރި ކުޅުންތެރިޔާ ސާލިމެވެ.
މިދެޓީމަކީވެސް ފުރަތަމަ ކުޅުނު މެޗުން މޮޅުވެފައިވާ ދެ ޓީމެވެ.އ
No comments:
Post a Comment