ކޭލި ކަޕްގެ ފަސްވަނަ މެޗް - މުންޏަމެރީ އަދި ނައިން ކިކް

މިއަދު ހަވީރު ކޭލި ކަޕްގައި ބައްދަލު ކުރީ މުންޏަމެރީއާއި ނައިން ކިކެވެ. ނައިން ކިކް ވަރަށް ރަނގަޅު ކުޅުމެއް ދައްކައި ރަނގަޅު ނަތީޖާއެއް ނެރުނު މި މެޗްގައި މުންޏަމެރީއަށް އެދެވޭ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. 6-0 ން މި މެޗް ވަރަށް ފަސޭހަ ކަމާއެކީ ނައިން ކިކް ވަނީ ކާމިޔާބުކޮށްފައެވެ.
ނައިން ކިކް ކާމިޔާބު ކުރި ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޙަމީދެވެ. އަދި ދެވަނަ ލަނޑު އަންވަރު ކާމިޔާބުކޮށްދިން އިރު ތިން ވަނަ ލަނޑު ނޫރު، ހަތަރު ވަނަ ލަނޑު ތަޢުފީޤު އަދި ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުއްތަސިމެވެ.
މި މެޗްގައި ނައިން ކިކްގެ ހުސައިން ރީޝާދު އަދި މުންޏަމެރީގެ ނޫރަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ. މިއަދު ދެއްކި ރީނދޫ ކާޑާއި އެއްކޮށް މުންޏަމެރީގެ ނޫރަށް 2 ރީނދޫ ކާޑު ވަނީ ހަމަވެފައެވެ. އެހެންކަމުން މުންޏަމެރީ ދެން ކުޅޭ މެޗެއްގައި ނޫރަކަށް ނުކުޅެވޭނެއެވެ.
ނައިން ކިކް ކާމިޔާބުކުރި މި މެޗްގެ މޮޅު ކުޅުންތެރިޔަކީ އެޓީމުގެ މުއްތަސިމެވެ.އ
No comments:
Post a Comment