Monday, September 22, 2008

މުދައްރިސުންގެ އަޚުލާޤާއި ސުލޫކީ މިންގަޑު ރަނގަޅު ކުރަންޖެހިފައި


މީގެ ކުރިން އަޅުގަނޑުމެން އެންމެނަށްވެސް އަޑު އިވެމުންދާ ވާހަކައަކީ ދަރިވަރުންގެ އަޚުލާޤު ދަށްވެގެން އެކުދިންގެ އަޚުލާޤު ރަނގަޅުކުރަން ޖެހޭ ވާހަކައެވެ. އަޅުގަނޑުމެންނަށް ފެންނަމުންދަނީ އެކުދިންނަށް ނުބައި ގޯޅި ތަކުން އެޅޭތީ، އެފަދަ ނުބައި ދިގު މަގުތަކުން ހިނގޭތީ، އެކަންކަން ރަނގަޅު ކުރުމަށް ބެލެނިވެރިންނަކީ އެކުދިންނަށް ނަޞޭޙަތްރެރިވާ ބަޔަކަށްވެ، އެކަންކަން ރަނގަޅުކުރުމަށް ހަރުދަނާގޮތެއްގައި މަސައްކަތްކުރުމަށް މަދަރުސާއިން އިލްތިމާސްކުރާތަނެވެ. އަދި ބެލެނިވެރިޔާއާއި ދަރިވަރު މަދަރުސާއަށް ގެނެސް ނަޞޭޙަތްތެރިވާތަނެވެ. އެހެންނަމަވެސް މިއަދު އަޅުގަނޑުމެން މިދެކެނީ މުޅިން އެހެން މަންޒަރެކެވެ. ފެންނަމުންދަނީ ދުވަހަކުވެސް ށ. އަތޮޅު މަދަރުސާގެ މުދައްރިސެއްގެ ކިބައިން ފެނިފައިނުވާފަދަ ދަށު ދަރަޖައިގެ ޢަމަލުތަކެވެ. ދަރިވަރުންނާއި ބެލެނިވެރިންގެ ލޯމަތީގައެވެ
. ކުރާނީ ކީއްތޯއެވެ. މިއަދުގެ ޙާލަތެވެ. އެހެންކަމުން މިއަދު މިޖެހެނީ މުދައްރިސުންގެ އަޚުލާޤާއި ސުލޫކު ރިވެރތި ކުރާށެވެ. އެހެންނަމަވެސް މަދުން ނޫނީ ނީވޭ ވާހަކައެކެވެ. އެހެންނޫންތޯއެވެ.

މުދައްރިސުންނަކީ ހަރުދަނާކަންމަތީ ދެމިތިބެ، ތަޢުލީމާއި ތަރުބިއްޔަތު ދަރިވަރުންނަށް އުގަންނައިދިނުމުގައި ވަރަށް ބޮޑު އަދި އެހާމެ މުޙިއްމު ޒިންމާއެއް ބޮލުގައި އެޅިފައިވާ ބައެކެވެ. ކުދިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިން ފިޔަވައި އެންމެ މުޙިއްމު އެއްބަޔަކީ އެކުއްޖާއަށް ތަޢުލީމު އުގަންނައިދިނުމުގެ ބުރަ މަސްޢޫލިއްޔަތު ކޮނޑުގައި އަޅަންޖެހޭ، އެ ބޮޑު ޒިންމާ ފުރިހަމައަށް އަދާކުރުމުގައި ނުގުޑާފަދަ ޢަޒުމެއްގައި ސާބިތު
ކަންމަތީ ދެމިތިބެންޖެހޭ އެކުއްޖެއްގެ އެދުރުމީހާއެވެ. މުދައްރިސެވެ. އެކުއްޖާއަށް ރަނގަޅު ނޫން ތަޢުލީމެއް ދީފިނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭ ފުރަތަމަ މީހާއަކީ، އަދި ނުރަނގަޅު ތަރުބިއްޔަތެއް އަށަގަންނުވައިފިނަމަ، ރަނގަޅު ނޫން އަޚުލާޤެއް ދަސްކޮށްދީފިނަމަ، ދެވަނައަށް އެޒިންމާއާއި ޙަވާލުވާންޖެހޭ ފަރާތަކީ އެކުއްޖެއްގެ މުދައްރިސް ކަމާމެދު ޝައްކެތްނެތެވެ. އެހެންކަމުން މިއަދު ށ. އަތޮޅު މަދަރުސާގެ މުދައްރިސުންނަކީ ޒަމާނީ ހެޔޮ ވިސްނުމަކުން ވިސްނައި، ރިވެތި އަޚުލާޤުގެ ވެރިބަޔަކަށް ވާންއެބަޖެހެއެވެ. ދަރިވަރުންގެ ކުރިމަތީގައި ނަމޫނާ ބަޔަކަށް ވާންއެބަޖެހެއެވެ. ހިނިތުންވުމާއެކު ދަރިވަރުން ހިމެނޭގޮތުން، އުގެނުމާއި އުނގަންނައިދިނުމުގައި އުފާވެރި މާދަމާއަކަށް ވާޞިލުވުމަށްޓަކައެވެ.

ރިވެތި އަޚުލާޤުގެ ވެރި، ނަމޫނާ ބަޔަކަށް މުދައރިސުންނަށް ވެވޭނީ ދަރިވަރުންނާއި ބެލެނިވެރިންގެ އަޑުތައް އަހައި މުދައްރިސުންނަށް ފެންނަނީ އެންމެ ރަނގަޅުގޮތް ކަމަށް ނުދެކި، ދަރިވަރުންނާއި ބެލެނިވެރިންގެ އަޑުތަކާއި އެއް ހަމައަށް މުދައްރިސުންގެ އަޑުތައްވެސް ތިރިކޮށްގެންނެވެ. އެމީހުންގެ އަޑުތައް އަހައި އެއަށް ޢަމަލުކޮށްގެންނެވެ. އެމީހުންގެ އިޙުޞާސްތައް ފުރިހަމައަށް ދެނެގަނެގެންނެވެ. ބާރުގެ ބޭނުންކޮށްގެން ދަރިވަރުންގެ ޙައްޤުތަކަށް އަރައިގަނެގެނެއްނޫނެވެ. ދަރިވަރުންގެ ގަޔަށް އަތްލައި މާރާމާރީ ހިންގައި ކުދިންގެ މެދުގައި އޮތް އަމަން އަމާންކަމާއި އެކުވެރިކަން ނަގާލައިގެނެއްވެސް ނޫނެވެ. ދަރިވަރުންނާއި ދިމާއަށް ހިތުހުރި އެއްޗެއް ބުނެ އެހެންކުދިންގެ ކުރިމަތީގައި ވަކި ކުއްޖަކު ބޭޒާރުކޮށްލައި، އެކަހެރިކޮށްގެނެއްނޫނެވެ. ހަޑި ހުތުރު ބަހުން ކުދިންނާއި މުޢާމަލާތުކޮ
ށް، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ކުދިންނަށް އިހާނެތިވެގެނެއްވެސް ނޫނެވެ. ތިމާ މީހާގެ މަޤާމަކީ މަތީ މަޤާމެއްކަމަށް ހިތަށްއަރުވައި ބޮޑާކަންމަތީ ހުރެގެނެއްވެސް ނުމެނޫންމެއެވެ. މުދައްރިސުންނަކީ ދަރިވަރުންނަށް ނަމޫނާ ބަޔަކަށް ވާންޖެހޭ، ދަރިވަރުންނަށް ތަޢުލީމު އުގަންނައިދިނުމުގައި ހަރުދަނާ، ވަރުގަދަ، ތެދު ބިންގަލެއް އަޅައިދެންޖެހޭ ބައެއްކަން ދަނެގެން މެނުވީ އެފަދަ ރިވެތި އަޚުލާޤެއްގެ ނަމޫނާ ބަޔަކަށް މުދައްރިސުންނަށް ނުވެވޭނެކަން ޔަޤީނެވެ.

ބަޔާންވެދިޔަފަދަ އަޚުލާޤު ރަނގަޅު، ނަމޫނާ ބަޔަކަށް މުދައްރިސުން ވުމަށްޓަކައި ދަރިވަރުންނާއި މަދަރުސާއާއި ދޭތެރޭ ހެޔޮވިސްނުމުން ވި
ސްނައި ފިކުރުކުރަން އެބަޖެހެއެވެ. އަމިއްލަ ޒަމީރަށް ބުރަވާން އެބަޖެހެއެވެ. އެންމެ ހެޔޮގޮތް އިސްކުރަންއެބަޖެހެއެވެ. ތިމާ މީހުން ކޮށައި އަލި ކުރުމަށްޓަކައި ރަނގަޅު މަގެއް ޚިޔާރުކުރަން އެބަޖެހެއެވެ. ކުދިންގެ ހައްޤުތަކަށް އަރައިގަނެ، އެކުދިންނަށް މަދަރުސާއިން ބާއްވާ މަދު ޙަރަކާތުން ލިބޭ ހަނދާނީ ލިޔުންފަދަ ތަކެތި އިރާލައި ތަޅާފޮޅައި މާރާމާރީ ހިންގުންފަދަ ނާތަހުޒީބު ޢަމަލުތައް ދޫކޮށްލަން އެބަޖެހެއެވެ. ދަރިވަރުންނަށް އުގަންނައިދީ، ރަނގަޅު ތަރުބިއްޔަތެއް ކުދިންނަށް ދިނުމަކީ މުދައްރިސުންގެވެސް ޒިންމާއަކަށް ވީތީއެވެ.އ

No comments:




©2008 factkanditheem.blgospot.com | e-mail: factkanditheem@gmail.com