ޖުމްޙޫރީ ޕާޓީގެ އޮފީހެއް ކަނޑިތީމުގައި ހުޅުވަނީ

ކަނޑިތީމުގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ ޖުމްޙޫރީ ޕާޓީގެ އޮފީހުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށް އެބަދެއެވެ. މި އޮފީސް ހުޅުވުމަށް ހަމަޖެހިފައިވަނީ ޖުމްހޫރީ ޕާޓީގެ ވަރަށް އިސް މެންބަރެއްކަމަށްވާ މަފާޒުގެ ގޭގައެވެ. މިހާރު މި އޮފީސް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައްވަނީ މުޅިންހެން ނިމިފައެވެ.
ފެކްޓް ޓީމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އޮފީސް ރަސްމީގޮތުން ހުޅުވުމަށްޓަކައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ކަނޑިތީމަށް ވަޑައޮގަންނަވާ ގޮތަށްވަނީ ހަމަޖެހިފައެވެ. ޤާސިމް ކަނޑިތީމަށް ވަޑައިގަންނަވާނީ އަންނަ ހަފްތާގައި ކަމަށް ފެކްޓް ޓިމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
މިހާރު ކަނޑިތީމުގައި ޖުމްހޫރީ ޕާޓީއަށް ގިނަ ޢަދެއްގެ ބަޔަކު ވަދެފައިވާކަމަށާއި އަދި މިހާރުވެސް ވަންނަމުންދާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެމް.ޑީ.ޕީގައި ކުރިން އުޅު ބައެއް މެންބަރުންވެސް މިޙާރު ޖުމްހޫރީ ޕާޓީއާއި ގުޅިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. ޖުމްހޫރީ ޕާޓީއަށް މެންބަރުން ވެއްދުމުގައި އިސްކޮށް ޙަރަކާތްތެރިވަނީ މަފާޒެވެ.އ
No comments:
Post a Comment