Monday, September 22, 2008

ކުއްލި ޚަބަރުގެ ތަފްޞީލު
މ. ހުދުހުދާގޭގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެ


މިއަދު ހެނދުނު 10 ޖަހާ އެހާއިރު މ. ހުދުހުދާގޭގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މި ހާދިޘާގައި ގޭގައި ހުރި ގިނަ ތަކެއްޗަށް ގެއްލުން ލިބި، ހަލާކުވެފައިވީ ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ދެބުރިއަށް ހަދާފައި ހުރި މިގޭގައި އަލިފާން ރޯވިއިރު ފުރަތަމަ ރޯވެފައި ވަނީ ފުރަތަ ބުރީގައެވެ. އަދި އެވަގުތު ބޮޑު އަންހެނަކާއި ކުޑަކުއްޖަކު ފުރަތަމަ ބުރީގައި ތިބިކަމަށް މައޫލޫމާތު ލިބިފައިވެއެވެ. އެމީހުންނަށް ގޭގައި އަލިފާން ރޯވެފައި ވާކަން އެނގިފައިވަނީ ދެވަނަ ބުރިން އެއްޗެހިތަކެއް ފައިބާ އަޑު އިވުމުން ބެލި ބެލިމުގައެވެ. ދެބުރިއަށް ހަދާފައިވާ މިގޭގައި އަޅާފައިވަނީ ލަކުޑި ޑެގެކެވެ.

މިގޭގައި ރޯވިއަލިފާންގަޑު ނިއްވާލާފައިވަނީ ސިފައިންނާއި ފުލުހުންނާއި އަދި އާއްމުންގެ ބައެއް މީހުން ގުޅިގެން ކުރި މަސައްކަތުންނެވެ.

މިހާރު މި މައްސަލަ ތަޙުޤީޤު ކުރަމުންދާކަމަށާއި މިގޭގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި އެނގިފައި ނުވާކަމަށް އެގޭގެ ވެރިފަރާތުންނާއި ފުލުހުން ހާމަކުރެއެވެ.


10:04

މާފަންނުގައި ހުރިގެއެއްގައި އަލިފާންރޯވެ އަނދަމުން އެބަދޭ .......އ


No comments:




©2008 factkanditheem.blgospot.com | e-mail: factkanditheem@gmail.com