Friday, September 26, 2008

އެންމެންގެ މަޤުބޫލުކަންހޯދި މަސްފެންގަނޑު ކޮބައިބާ؟

މަސްމަހާމެއްސާއި، މާމެލާމެއްޔާއި، ދުނިސޫޕާސޫތްޕާއި، އަދި މިނޫނަސް އެންމެހާ ތަކެތި މާތް ﷲ ހައްދަވާއިފައި ވަނީ އިންސާނުންނަށްޓަކައެވެ. މި ތިކެތީގެ ބޭނުން އިންސާނުން ހިފަމުންދަނީ އެކިގޮތްގޮތަށެވެ. އެއްބަޔަކު ހިތްއުފާކުރުމަށްޓަކައެވެ. އަނެއްބަޔަކު ކާނާއަށެވެ. ނޫނީ ކޮންމެވެސް އެހެން ބޭނުމަކަށެވެ.

ތަފާތު އެކިވައްތަރުގެ ޖަނަވާރު އޮޅުކޮށްގެން ގެންގުޅުމަކީ ހުރިހާ ޒަމާނެއްގައި އިންސާނުން ކުރަމުން އަންނަކަމެކެވެ. މި ގޮތުން އަޅުގަނޑުމެންގެ ތެރޭގައިވެސް މަސް ގެންގުޅުމާއި ދޫނި ގެންގުޅުމަކީ މަދުން ނަމެވެސް ކުރަމުންއަންނަ ކަމެކެވެ. އަޅުގަނޑުމެން އެންމެންވެސް އެކަމަށް ލޯބިކުރާކަމެކެވެ.

ކަނޑީތީމުގެ ޒުވާން ކުދިންތަކެއް އެއްބައިވެގެން ރަނގަޅު ފެންވަރެއްގެ މަސްފެންގަނޑެއް ހަދަން އުޅުނު ވާހަކައަކީ ކަނޑީތީމުގެ ހުރިހާ ރައްޔިތުންނަށްވެސް އިވިގެންދިޔަ ވާހަކައެކެވެ. މޮޅު ގޮތް ގޮތަށް މަސްފެންގަނޑު ހަދާނެ ގޮތުގެ ޗާޓު ހެދިފައިވާ ވާހަކައެވެ. މަސްފެންގަނޑު ހަދާ ނިމޭއިރުގައި އަތޮޅުގައިވެސް ނެތްފެންވަރުގެ މަސްފެންގަނޑަކަށް ކަނޑީތީމުގައި ހެދޭ މަސްފެންގަނޑު ވެގެންދާނެ ވާހަކަވެސްމެއެވެ. އެހެނަސް އެދުވަސްވަރުގައި އެންމެންގެ ނަޒަރު އެދިމާލަކަށް ހުއްޓުނު ކަނޑިތީމު ރައްޔިތުންގެ މަސްފެންގަނޑު މިހާރު ކޮބައިހެއްޔެވެ؟ މަސްފެންގަނޑަށް ވީކިހިނެތްބާއެވެ؟ ހައްތަހާވެސް ކަނޑިތީމުގެ ރައްޔިތުންގެ ހޮތުގައި އުފެދޭނެ ސުވާލުތަކެވެ. އެފަދަ ރަށުގެ ތަރައްޤީއަށް ކުރެވޭ ކޮންމެ ކަމަކީ ކަނޑިތީމުގެ ރައްޔިތުންނިހާޔަތަށް ބޭނުންވެފައިވާ ކަންކަމަށްވާތީއެވެ.

ހަދަން އުޅުނު މިމަސްފެންގަނޑުގެ ވާހަކަ ޙަޤީޤަތަކަށްނުވެ ވީގޮތެއް ބަލާލުންވެސް ރަނގަޅުކަމަށް ދެކެމެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ މަސްފެންގަޑު ހެދުމަށްޓަކައި ކުރިންވެސް ބުނެވުނު ފަދައިން ވަރަށް މޮޅު ގޮތް ގޮތަށް ޗާޓު ކުރެހުނުވެ. މަސްފެންގަނޑު ހަދާނެ ތަނެއް ކަނޑައަޅައި އެކަމުގައި އުޅުނު ޒުވާން ކުދިން އެކަމަށްޓަކައި އުއްމީދުތަކެއް ކުރިއެވެ. އެހެނަސް އެކުދިންގެ އުއްމީދުތައް ޙަޤީޤަތަކަށްވުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވެ، ކޮންމެވެސް ފަރާތެއްގެ އެއްބާރުލުން އެކަމުގައި ނުލިބުނު ވާހަކަ އަޅުގަނޑުމެން އެހީމުއެވެ. ރަށުގައި ކުރާ މިފަދަ ކަންކަމުގައި އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ އެއް ފަރާތަކީ ރަށު އޮފީސް ކަމަށްވާތީ އެފަރާތުން މިކަންކަމުގައިލިބެންޖެހޭ އެއްބާރުލުމަކީ ހަމަ ޔަޤީނުންވެސް ދޭންޖެހޭނެ އެއްޗެކެވެ.

މީގެ ދުވަސްތަކެއް ކުރިން ކަނޑިތީމުގައި ކޮންމެ ސިފައެއްގައިނަމަވެސް ޒުވާނުންގެ ބުރަ މަސައްކަތާއި އެތައްބައެއްގެ އެހީތެރިކަމާއި އެއްބާރުލުމާއެކީ ފަޅުގެ ހުޅަނގުފަރާތު އުތުރު ކަނުގައި އޮންނަ ތިލަ ހިސާބުގައި މަސްފެންގަނޑެއް ހެދިއެވެ. ގިނަ ބަޔަކު ވަރަށް ފަރުވާތެރިކަމާއެކީ މަސް ފެންގަނޑު ބަލަހައްޓައި، ދުވަހަކަށްވުރެ ދުވަހެއް މަސްފެންގަނޑު ކުރިއަރުވައި ކަނޑިތީމުގެ އެތައް ރައްޔިތުންނެއް އަބަދުމެހެން ހިތްހަމަޖައްސާލުމަށްޓަކައި ދާ ތަނެއް ކަމުގައި މަސްފެންގަޑު ހެދިއެވެ. މަސްފެންގަނޑުގެ ރަންޒަމާނުގައި އެތައްބަޔަކު އެތަނަށް ޒިޔާރަތްކޮށް އުފާހަސިލްކުރަމުންދިޔައެވެ. މުސްކުޅިންނާއި ޒުވާނުންނާއި ތުއްތުކުދިންނެވެ. ރަށަށްއަރާ ބީރައްޓެހިންނާއި ކަމުއޮށިގެންވާމީހުންނެވެ. އެހެންކަމުން އެތަނަކީ ކަނޑިތީމު ރަތްޔިތުންގެ ހައިބަތު ދައްކުވައިދިން ތަނެކެވެ. އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ލާމަސީލު މިސާލެކެވެ. ކަނޑިތީމުގެ ތަރައްޤީއަށް ކުރެވުނު އަގުހުރި މަސަތްކަތެކެވެ. ކޮންމެއަކަސް އެ މަސްފެންގަނޑު މާޒީއާ އެކުވެއްޖެއެވެ. މިހާރު ފެންނާކަށްނެތެވެ. ރައްޔިތުންގެ ބުރަ މަސައްކަތާއެކީ ދާ އޮހޮރުވައިގެން ކުރާ މިފަދަ އަގު ބޮޑު، އެންމެނަށްވެސް އޭގެ ހިތްހަމަޖެހުމާއި ފައިދާ ކުރާ މިފަދަ މަސަތްކަތްތައް ނެތިގެންދިއުމަކީ ދެރަކަމެކެވެ. އެކަމާހިތާމަކުރުން ހައްޤު ކަމެކެވެ.

އަނެއްކާވެސް އާހިތްވަރާއެކު އާފެށުމަކުން ފަށަމާހިނގާށެވެ. މިވަގުތަކީ މި މަސަތްކަތް ކުރުމަށް އެކަށީގެންވާ ވަގުތު ނުންތޯއެވެ. ފަޅުފުންކުރުމަށްޓަކައި ގެނެވިފައިވާ ދެ ހައިމާކު ބޭނުންކޮށްގެން ރަނގަޅު ފެންވަރެއްގައި، ކަނޑިތީމު ރައްޔިތުންގެ ހިތްވަރެއް ހުރިއްޔާ، މަސްފެންގަނޑެއް ހެދިދާނެއެވެ. ރަނގަޅު ފެންވަރަކަށް މަސްފެންގަނޑެއް ހެދެން އޮއްވާ ފުރުސަތުގެ ބޭނުންހިފަމާ ހިނގާށެވެ. އަޅުގަނޑުމެން ކަނޑިތީމުގެ ރައޔިތުންގެ ބަހުންނަމަ މިހާރުގެ ހަކޮސްފަޅު ޒަމާނީ މަސްފެންގަނޑަކަށް ހެދިއްޖެނަމަ ކިހާފުރިހަމަ ވާނެތޯއެވެ. މީ އަޅުގަނޑު ދެކޭގޮތާއި ޚިޔާލެވެ. ރައްޔިތުންނަށްފެންނަ އެންމެ ރަނގަޅު ތަނެއް މިކަމައްޚާއްޞަ ކުރެވިދާނެއެވެ. މިކަން ހަޤީޤަތަކަށް ހެދުމަށްޓަކައި، ކަނޑިތީމު ރައްޔިތުން، ހާއްސަކޮށް ރަށުގައި އުފެދިފައިވާ ޖަމިއްޔާތަކުން އިސްނަގަންވީއެވެ. މިކަމުގައި އިސްނެގުން އެންމެ އެކަށީގެންވާ ފަރާތަކީ ކޭޅި ޖަމިއްޔާކަމުގައި ދެކެމެވެ. އެހެނަސް ޒުވާނުންގެ އެހީތެރިކަމާއި އެއްބާރުލުމާއެކީއެވެ. އާހިތްވަރަކާ، އާޢަޒުމަކާއި އެކު ކަނޑިތީމު ތަރައްޤީކުރުމަށް މަސައްކަތް ކުރަންވީއެވެ. ކުރީގެ ފީކަޅާ، ދޯހަޅި ވިސްނުން ދޫކޮށްލާ، ކަނޑިތީމުގެ އެންމެހާ ރައްޔިތުން މިކަހަލަ ކަންކަމަށް ހިތްވަރުދީ އެއްބާރުލުން ދެންވީއެވެ. ކަނޑިތީމަށް ލިބިގެންދާ ކޮންމެ ކުރިއެރުމަކީ، ކަނޑިތީމުގެ ކޮންމެ ފަރުދަކަށްވެސް ލިބޭނެ ކުރިއެރުމެއްކަން ޔަޤީނެވެ. ލިބޭނެ އުފަލެއްކަނަ ޔަޤީނެވެ.//ޗަވިޔަނި //
ލ


1 comment:

FactKanditheem said...

Varah fahkaa fact kanditheem, thi dahkany hama rangalhu vaahaka. Masfengandu alun hadan vy.




©2008 factkanditheem.blgospot.com | e-mail: factkanditheem@gmail.com