Friday, September 26, 2008

ކޭލި ކަޕްގެ ފުރަތަމަ ސެމީފައިނަލް މެޗްގައި ނައިންކިކް އަދި ޔޫ.އެފް.ސީ


މިއަދު ހަވީރު ކުޅެވެނު ކޭލިކަޕްގެ ފުރަތަމަ ސެމީ ފައިނަލް މެޗްގައި ބައްދަލުކުރީ ނައިންކިކް އަދި ޔޫ.އެފް.ސީއެވެ. ވާދަވެރި އަދި ވަރަށް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގެ ދެ ހާފް ނިމުނު އިރު 1-1 ން އޮތީ ދެޓީމުވެސް އެއްވަރުވެފައެވެ. އެހެންކަމުން ނަތީޖާ ނެރެންޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓި ޖަހައިގެން މެޗްކާމިޔާބުކޮށް ފައިނަލް މެޗުގެ ފުރަތަމަ ޖާގަހޯދާފައިވަނީ ނައިންކިކެވެ.

މި މެޗްގައި ޔޫ.އެފް.ސީގެ ފުރަތަމަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އާގިލް އެވެ. އަދި ނައިން ކިކް ކާމިޔާބުކުރި ގޯލް އެޓީމަށް ޖަހައިދިނީ ނޫރެވެ.

މެޗްގެ ދެހާފްވެސް ނިމުނު އިރު ނަތީޖާ އެއްހަމައެއްގައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޔޫ.އެފް.ސީގެ ހުނަރުވެރި ކުޅުންތެރިޔާ ހުސައިން ފާއިޒް ޖެހި ޕެނަލްޓީ ގޯލަށް ނުވަދެ ޖެހުނީ ގޯލްގެ ދަނޑީގައެވެ. ޙުސައިން ފާއިޒަކީ ހުނަރުވެރި ކުޅުމެއް ކުޅޭ ކުޅުންތެރިއެއް ކަމުގައި ވީނަމަވެސް ގިނަ ބަޔަކު ޤަބޫލުކުރާގޮތުގައި ޕެނަލްޖެހުމުގައި ނާކާމިޔާބު ކުޅުންތެރިއެކެވެ. މި މެޗް ނައިންކިކް ކާމިޔާބުކުރި ޕެނަލްޓި ޖަހައިދިނީ ނޫރެވެ. ނޫރަކީ މި މުބާރާތުގައި ހުނަރުވެރި ކުޅުމެއް ދައްކައިދީފައިވާ ކުޅުންތެރިއެކެވެ.

މިއަދުގެ މެޗްގެ މޮޅު ކުޅުންތެރިއަކީ މި މެޗްގައި ޓީމަށް ފައިދާހުރި މޮޅު ކުޅުމެއް ދައްކައިދިން ނައިން ކިކްގެ މުއްތަސިމެވެ.

މިމުބާރާތުގައި ފާއިތުވި ގިނަ މެޗްތަކުގައި ވަނީ ރީދޫ ކާޑު ފެނިގެންގޮސްފައެވެ. މިހާތަނަށް މުޅިއެކު 15 ރީނދޫ ކާޑު މި މުބާރާތުން ފެނިގެންގޮސްފައިވެއެވެ. އަދި މިހާތަނަށް ކުޅެވުނު އެއްވެސް މެޗެއްގައި ރަތް ކާޑެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

މި މެޗްގެ ނައިން ކިކް ކާމިޔާބުކުރުމާއެކީ ނައިންކިކަށް ވަނީ ފައިނަލް މެޗްގެ ފުރަތަމަ ޖާގަ ކަށަވަރުވެފައެވެ. މި މުބާރާތުގެ ދެވަނަ ސެމީ ފައިނަލް މެޗްގައި ބައްދަލު ކުރާނީ މުބާރާތުގެ ތިންވަނަ ޓީމް މުންޏަމެރީއާއި ލީގު ޗެމްޕިއަންކަން ހޯދާފައިވާ އަދި ސެމީފައިނަލްގެ ފުރަތަމް މެޗުން ބަލިވެފައިވާ ޔޫ.އެފް.ސީއެވެ.އ

No comments:




©2008 factkanditheem.blgospot.com | e-mail: factkanditheem@gmail.com