ފައިނަލް މެޗްގެ ދެވަނަ ޖާގަ މުންޏަމެރީ ހޯދައިފި

މިއަދު ހަވީރު ކުޅެވުނު ސެމީފައިނަލް މެޗްގެ ދެވަނަ މެޗްގައި ބައްދަލު ކުރި މުންޏަމެރީއާއި ޔޫ.އެފް.ސީއެވެ. ދެޓީމުންވެސް ރަނގަޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ހޯދިއެވެ. އަދި ދެފަރާތުގެ ގޯލަށް ގިނަ ހަމަލާތަކެއް އަމާޒުކުރިއެވެ. އަދި ގިނަ ޙަމަލާތަކެއް މުންޏަމެރީގެ ޓީމުންވަނީ ދިފާއުކޮށްފައެވެ. ފޯރިގަދަ ކުޅުމަކަށްފަހު މި މެޗް 2- 1 ން ކާމިޔާބުކުރީ މުންޏާމެރީއެވެ.
ފުރަތަމަ ހާފް ނިމިގެން ދިޔައިރު ދެޓިމުންވެސް ވަނީ 1 ލަނޑު ޖަހާ މެޗްގެ ނަތީޖާ އެއްވަރުކޮށްފައެވެ. ފުރަތަމަ ހާފްގައި ޔޫ.އެފް.ސީއަށް ލަނޑު ޖަހާދިނީ އެޓީމުގެ ހުނަރުވެރި ކުޅުންތެރިޔާ އަދި މުބާރާޓުގައި އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔާ ނިޔާޒެވެ. ދެވަނަ ހާފްގައިވެސް ފެނިގެން ދިޔައީ ދެޓީމުންވެސް ގިނަ ހަމާލާތަކެއް އުފައްދައިގެން ކުޅެމުން ގެންދިޔަތަނެވެ. މުންޏަމެރީއަށް ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ އަހުސަނެވެ. އަހުސަން މިއަދު ކާމިޔާބުކޮށްދިން 2 ލަނޑާއެކު މުޅިއެކު މި މުބާރާތުގައި އޭނާ ވަނީ 3 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މިއަދުގެ މެޗްގެ މޮޅު ކުޅުންތެރިޔާއަކީވެސް އަހުސަނެވެ.
ފައިނަލް މެޗްގެ ދެވަނަ ޖާގަ މިއަދުގެ މެޗުން މޮޅުވުމާއެކީ މުންޏަމެރީވަނީ ހޯދާފައެވެ. ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ނައިންކިކާއި ޔޫ.އެފް.ސީ ބައްދަލުކޯށް ފައިނަލް މެޗްގެ ފުރަތަމަ ޖާގަ ހޯދާފައިވަނީ ނައިންކިކެވެ. އެ މެޗްގެ ދެހާފްވެސް ނިމުނު އިރު 1-1 އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.
މުބާރާތުގެ ފައިނަލް މެޗްގައި 1 އޮކްޓޯބަރ 2008ވާ ބުދަ ދުވަހު ބައްދަލުކުރާނީ ނައިންކިކާއި މުންޏަމެރީއެވެ. ނައިން ކިކަކީ ފާއިތުވި އަހަރުގެ ކޭލި ކަޕްގެ ޗެމްޕިއަން ޓީމެވެ.
1 comment:
cool
Post a Comment