Saturday, September 27, 2008

ކޭލިކަޕަށް ގެނެސް ތިބި ރެފްރީންގެ ޢަމަލުތަކުން ކަނޑިތީމު ރައްޔިތުން ހިތްހަމަނުޖެހިފައި

ކޭލި ކަޕަށްޓަކައި ރަށުން ބޭރުން ގެނެސްތިބި ރެފްރީންގެ ޢަމަލުތައް ފެންނަމުންދާގޮތުން ކަނޑިތީމުގެ ގިނަ ރައްޔިތުންވަނީ ވަރަށް ބޮޑަށް ނުރުހުންވެފައެވެ. ގިނަ ބަޔަކު އެކަންކަމާބެހޭގޮތުން އަންނަނީ ފާޑު ކިޔާ، ނުރުހުން ފާޅު ކުރަމުންނެވެ. އަދި ޚާއްޞަގޮތެއްގައި ކޭލި ކަޕް އިންތިޒާމް ކުރުމުގައި އިސްކޮށް ޙަރަކާތްތެރިވާ ކޭލި ޖަމިއްޔާއަށް މިކަމާގުޅިގެން ޢާއްމުންގެ ފާޑު ކިޔުންތައްވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ.

ރޭގެ ވަގުތެއްގައި މި މުބާރަތަށް ގެނެސްފައި ތިބި ދެ ރެފްރީއަކު ކަނޑިތީމުގެ ޒުވާން ފުރައިގެ ދެ އަންހެންކުއްޖެއްގެ ކައިރިއަށް ވަދެފައިވާ ކަމަށް ފެކްޓް ޓީމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އަދި ޒުވާނުންގެ ބަޔަކަށް މި މައޫލޫމާތު ލިބިގެން ޒުވާނުން ގޮސް މި މީހުން އެތަނުން ނެރެފައިވާ ކަމަށާއި މި މައްސަލާގައި އެމީހުންނަށް ކޮންމެވެސް ވަރެއްގެ އިންޒާރުތަކެއް ދެވިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. އަދި އެމީހުން އެގެއިން ނެރެގެން ގެންގޮސްފައިވަނީ ސްކޫލް ކައިރިއަށެވެ. އަދި އެތަނަށް ޢާއްމުންގެ ގިނަ މީހުން އެއްވިއެވެ. އަދި ކޭލި ޖަމިއްޔާގެ މީހުންވެސް އެތަނަށް ގެނެވުނު ކަމަށް ފެކްޓް ޓީމުން މަޢުލޫމާތު ދެއެވެ.

މި ދެ ރެފްރީން ސްކޫލް ކައިރިއަށް ނެރުނުވަގުތު ބައެއްމީހުން އެތަނުގައި އަޑުގަދަކޮށްފައިވެއެވެ. އަދި ޒުވާނުންގެ ބައެއްމީހުން ބޭނުންވީ އެމީހުން ރަށުން ފޮނުވާލާށެވެ. އަދި އަނެއްބަޔަކު ބޭނުންވީ އެމީހުން ރަށުގައި ބައިތިއްބައިގެ މައްސަލައަށް ޙައްލެއް ގެނެސްގެން މުބާރާތް ކުރިއަށް ގެންދިއުމަށެވެ.

މީގެ ކުރިންވެސް މި ދެ ރެފްރީންނާމެދު ވަނީ މިފަދަ އަޑުތަކެއް ރަށުތެރެއަށް އަރާފައެވެ. އަދި ފުރަތަމަ ފަހަރު މިމައްސަލާގައި އެމީހުންނާ ކަނޑީތީމުގެ ބައެއް ޒުވާނުން ވަނީ މިފަދަ ޢަމަލެއް ދެވަނަ ފަހަރެއްގައިވެސް ތަކުރާރު ނުކުރުމަށް ބުނެ ނަޞޭޙަތްތެރިވެފައެވެ. އަދި އެކަހަލަ ކަމެއް ހިނގާފައިވާކަން ކޭލި ޖަމިއްޔާގެ މިހާރުގެ ރައީސް ޢަލީ ރިފާޒަށްވެސް އަންގާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. އެހެންނަމަވެސް ރޭ އެމީހުން ނެރެފައިވަނީ އެފަދަ ދެވަނަ ޢަމަލެއް ތަކުރާރު ނުކުރުމަށް ނަޞޭޙަތްތެރިވެ އަންގާފައިވަނިކޮށްވެސް އެމީހުންގެ ފަރާތުން ދެވަނަ ފަހަރަށް ފެނުމާއި ގުޅިގެންނެވެ.

މިފަދަ ނޭދެވޭ ޢަމަލެއް ކޭލި ޖަމިއްޔާގެ ފަރާތުން ގެނެސްފައިތިބި ބަޔަކު ހިންގުމީ ކޭލި ޖަމިއްޔާގެ ނަމާއި ޖަމިއްޔާއާއި ދޭތެރޭ މީހުން ދެކޭގޮތް ބަދަލުވޭދާނެކެމެކެވެ. އަދި ރަށަށް ލިބޭނެ ހުތުރު ނަމެއްކަންވެސް ޔަޤީނެވެ. އެހެންކަމުން ކޭލި ޖަމިއްޔާއިން މި މީހުންނާ ދޭތެރޭ އެކަށީގެންވާ ފިޔަވަޅު އަޅުއްވުމަށާއި އަދި މިފަދަ ޢަމަލުތައް ހިންގުމަށް މަގުފަހިވާގޮތަށް މަސައްކަތް ކުރައްވާ ފަރާތްތަކުން މިފަދަ ކަންކަމާއި ދޭތެރޭ ފުންކޮށްވިސްނަވައި އަމިއްލަ އަބުރާއި ރައްކާތެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރެއްވުމަށް ފެކްޓް ޓީމުން އިލްތިމާސްކުރަމެވެ.އ

No comments:




©2008 factkanditheem.blgospot.com | e-mail: factkanditheem@gmail.com