Monday, September 22, 2008

ކުއްލި ޚަބަރުގެ ތަފްޞީލު
ޑީ.އާރް.ޕީއާއި ޕީ.އޭ ގުޅިގެން ކޯލިޝަނެއް އުފައްދަވައިފި

ޑީ.އާރް.ޕީ އާއި ޕީ.އޭ ގުޅިގެން ކޯލިޝަނެއް އުފައްދައިފިއެވެ. މިކަން އިޢުލާނުކުރެއްވީ މިއަދު ދަރުބާރުގޭގެ ފަންސަވީހުގައި ބޭއްވި ނިއުސް ކޮންފަރެންސް އެއްގައެވެ.

މިއަދުގެ މި ނިއުސް ކޮންފަރެންސްގައި ޑީ.އާރް.ޕީގެ އިސްތަރުޖަމާނު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ދެ ޕާޓީ އެއްވެ، ކޯލިޝަނެއް ހެދީ ދެ ޕާޓީގެ ވެސް ޚިޔާލާއި ފިކުރުގައި އެއްގޮތް ގިނަ ކަންތައްތަކެއް ހުރުމުން ކަމަށެވެ. އަދި ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ވާނެ ގޮތަކީވެސް އެއީ ކަމަށް އިސްތަރުޖަމާނު ވިދާޅުވިއެވެ. އަދި އިތުރަށް ވާހަކަފުޅު ދައްކަވަމުން ކުރީގައި ޕީ.އޭގައި އުޅުއްވި ގައްދޫ ޒާހިރުއާއި ޖާބިރުއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.

ޕީއޭ އަކީ ކުރީގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ އަދި މައޫމުނުގެ ކޮއްކޯފުޅު ޢަބްދުﷲ ޔާމިނު އިސްވެ ހުންނަވައިގެން އުފައްދަވައިފައިވާ ޕާޓީއެކެވެ. އަދި ޔާމީނު ވަނީ އިސްތިއުފާ ދެއްވުމަށްފަހު ސަރުކާރަށް ފާޑު ވިދާޅުވެ އިސްތިއުފާ ދެއްވީ ސަރުކާރު އުޅެވޭނެ ފަދަ އެއްވެސް ކުރިމަގެއް ނުފެނުމުން ކަމުގައި ވިދާޅުވެފައިވެއެވެ. އަދި އިސްތިއުފާ ދެއްވުމުގެ ކުރިން މައުމޫން ޢަބްދުލް ޤައްޔޫމާއި އެތައް މަޝްވަރާތަކެއް ޔާމީނު ކުރެއްވި ކަމަށާއި އެހެންނަމަވެސް ސަރުކާރުގައު އުޅުއްވޭނެފަދަ އެއްވެސް ކުރިމަގެއް ލިބިފައި ނުވާކަމަށް ޕީ އޭ ގެ އިސްބޭފުޅަކު އެޗް. އެފް.އެމް ރޭޑިއޯގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވެއެވެ. އަދި އެރޭގެ މި ޕްރޮގްރާމުގައި ޕީ.އޭ އިން ޑީ.އާރް.ޕީއަށް ތާއިދުކޮށްފާނެތޯ ސުވާލު ކުރުމުން އެބޭފުޅާ ވިދާޅުވެފައިވަނީ ޑީ.އާރް.ޕީއަށް ތާއީދު ނުކުރާންވީ އެއްވެސް ސަބަބެއް ނެތްކަމަށާއި އެ ޕާޓީ އާއި އެންމެ އެއްގޮތް ޚިޔާލުތަކެއް ގެންގުޅެނީވެސް ޑީ.އާރް.ޕީން ކަމަށެވެ.

ފަހަކަށް އައިސް ރައްޔިތުން މަޖިލީހުގައިވެސް ޕީ.އޭ އަށް ނިސްބަތްވާ މެންބަރުންވަނީ ޑީ.އާރް.ޕީއާއި އެކޮޅަށް ވޯޓު ދެއްވައިފައެވެ.

ޓެލެވިޒަން މޯލްޑިވްސްއިން ގެނެސްދޭ "ސިޔާސަތު" ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވީ އެމަނިކުފާނާއި ދެކޮޅަށް އެމަނިކުފާނު އާއިލާގެ ބޭފުޅުންވެސް ނިކުމެ އުޅުއްވާކަމަށެވެ. އެހެންނަމަވެސް އެހެން ވިދާޅުވިތާ މާގިނަ ދުވަހެއް ނުވަނީސް ފެނިގެން މިދިޔައީ މައުމޫނާއި އިދިކޮޅަށް ނިކުމެ ހުންނެވި މައުމޫނުގެ އާއިލާގެ ބޭފުޅާގެ ޕާޓީއާއި ޑީ.އާރް.ޕީއާއީ ގުޅި، ކޯލިޝަނެއް ހަދައި ކުރިއަށް އޮތް ރިޔާސީ ރޭހުގައި ވާދަކުރެއްވުމަށް އިތުރަށް އަތުކުރި އޮޅައި ނިކުންނެވި ތަނެވެ.

ބައެއް މީހުން ދެކޭގޮތުގައި ޔާމީނު ސަރުކާރުން އިސްތިއުފާ ދެއްވައި އަމިއްލަފުޅަށް ޕާޓީއެއް އުފައްދަވައި ނިކުންނެވީ މައުމޫނަށް މި ރިޔާސީ އިންތިޚާބުގައި އެހީތެރިވެ ދެއްވުމަށެވެ. އަދި އެދުވަސްވަރު ސަރުކާރަށް ފާޑު ވިދާޅުވި ނަމަވެސް އެކަމުގެ ފަހަތުގައި ސިޔާސީ ވަރަށްބޮޑު ބޭނުމެއް ފޮރުވިފައި ވާކަމަށް ސިޔާސީ ބައެއް ތަޖުރިބާކާރުން ވިދާޅުވެއެވެ. އަދި އެކަމުގެ ހެކިތައް މިއަދު އެދަނީ ފެންނަމުން ކަމުގައި އެފަރާތްތަކުން ސިފަކުރެއެވެ. އ

No comments:




©2008 factkanditheem.blgospot.com | e-mail: factkanditheem@gmail.com