Sunday, October 5, 2008

ކަނޑީތީމުގެ ޒުވާނުންނާއި ނޭކުރެންދޫ ޒުވާނުންގެ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެފި

މިއަދު ހަވީރު 4:20 ގައި ނޭކުރެންދޫ ފުޓްބޯޅަ ދަނޑުގައި ކަނޑިތީމު ޒުވާނުންގެ ޓީމަކާއި ނޭކުރެންދޫ ޒުވާނުންގެ ޓީމެއް އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެފިއެވެ. މިމެޗްވަނީ 1-1 ން އެއްވަރުވެފައެވެ.އ

މި މެޗްގެ ފުރަތަމަ ހާފް ނިމުނު އިރު އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެހެންނަމަވެސް ދެޓިމުންވެސް ފުރަތަމަ ހާފްގައި ރަނގަޅު ކުޅުމެއް ދައްކައި ޙަމަލާތަކެއް އުފެއްދިއެވެ. މި މެޗްގައި އެންމެ ފުރަތަމަ ކާމިޔާބު ކުރި ގޯލް ދެވަނަ ހާފްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ނޭކުރެންދޫގެ ޓީމުންނެވެ. މެޗް ނިމެން ގާތްވެފައި ވަނިކޮށް ކަނޑިތީމުގެ ޓީމުންވެސް ގޯލެއް ޖަހައި މެޗްގެ ނަތީޖާ އެއްވަރުކުރިއެވެ. ކަނޑިތީމުން ކާމިޔާބުކުރި ގޯލް ކާމިޔާބޮކުށްދިނީ ޢަބްދުﷲ ޝަފީޤެވެ. މިމެޗްގައި ދެޓީމުންވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.އ

މީގެ ކުރިންވެސް ނޭކުރެންދޫގެ ޓީމާއި އެކުވަނީ  ވަރަށް ގިނަ އެކުވެރިކަމުގެ ފުޓްބޯޅަ މެޗްތައް ކުޅެވިފައެވެ. އަދި މިއީ އެރަށުގެ ޓީމާއެކު ނަތީޖާ އެއްވަރުވި ފުރަތަމަ މެޗެވެ. ކުރިން ކުޅެވިފައިވާ ހުރިހާ މެޗެއްވެސް ކަނޑިތީމުގެ ޓީމުންވަނީ ކާމިޔާބުކޮށްފައެވެ.އ

މި ފުޓްބޯޅަ މެޗަކީ ކޭލި ޖަމިއްޔާއާއި އޮފް ޕޮއިންޓާއި ގުޅިގެން އިންތިޒާމްކޮށްފައިވާ ފުޓްބޯޅަ މެޗެއްކަމަށް މައުލޫމާތު ލިބެއެވެ. އަދި މި މިޗް ކުޅުމަށް ދަޢުވަތު ދީފައިވަނީ ނޭކުރެންދޫއިންނެވެ.އ

No comments:




©2008 factkanditheem.blgospot.com | e-mail: factkanditheem@gmail.com