އަވަސް ޚަބަރުގެ ތަފްޞީލު
އިލްޔާސް އިބްރާހިމް ކަނޑިތީމަށް ވަޑައިގެންފި

ޑީ.އާރް.ޕީގެ ކެމްޕެއިންގައި ށ. އަތޮޅުގައި މިހާރު ކުރަމުންދާ ދަތުރުތަކުގައި ހެލްތް މިނިސްޓަރ އަދި ޑީ.އާރް.ޕީގެ އިސްބޭފުޅެއް ކަމަށްވާ އިލްޔާސް އިބްރާހިމް މިއަދު ކަނޑިތީމަށް ވަޑައިގެންފިއެވެ.
އިލްޔާސް އިބްރާހިމްގެ މިދަތުރުފުޅަކީ ޑީ.އާރް.ޕީގެ ކެމެޕެއިންގައި ކުރަމުންދާ ސިލްސިލާ ދަތުރުތަކުން ދަތުރެކެވެ. މި ދަތުރުގައި ކަނޑިތީމުގައި ޑީ.އާރް.ޕީއަށް ތާއީދު ހުރިނެތްގޮތް ބައްލަވާލައްވާނެކަމަށް މަޢުލޫމާތު ލިބެއެވެ. އަދ ި މީގެ ކުރީގެ އަހަރުތަކުގައި ކަނޑިތީމުގައި މައުމޫނަށް އޮތް އިންތިހާ ތާއީދު މިހާރު ނެތްކަމުން ޑީ.އާރްޕީއިން ވަނީ އެކަމާ ވަރަށްބޮޑަށް ކަނބޮޑުވެ، މާޔޫސްވެފައެވެ. އަދި މީގެ ކުރިން ޑީ.އާރް.ޕީގެ ޒައީމް މައުމޫން ޢަބްދުލް ޤައްޔޫމް ކަނޑީތީމަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުވެސް ވަނީ ކެންސަލް ކުރައްވާފައެވެ.
އިލްޔާސް ގެ އިސްތިޤުބާލުގައި މަރުޙަބާ ދެންނެވުމަށްޓަކައި ޑީ.އާރް.ޕީގެ މެންބަރުންނާއި އެޕާޓީއަށް ތާއީދު ކުރާ މީހުން ވަނީ ބަނދަރު ސަރަޙައްދަށް ޖަމާވެފައެވެ. އެހެންނަމަވެސް ޒުވާނުންގެ ތެރެއިން ފިރެހެނުންގެ ޢަދަދު ވަރަށް މަދެވެ. ގިނައިން ތިބީ ދުވަސްވީ ފިރިހެނުންނާއި ދުވަސްވީ އަންހެނުންނެވެ. އަދި ކޮންމެވެސް ވަރަކަށް ޒުވާނުންގެ ތެރެއިން އަންހެނުންވެސް ހިމެނެއެވެ. އެހެންނަމަވެސް އިދިކޮޅު އެއްވެސް ފަރާތަކުން މިއަދު އެތަނަށް ގޮސްފައެއް ނުވެއެވެ.
އިލްޔާސް އިބްރާހިމް ކަނޑީތީމަށް ވަޑައިގަތުމުގެ ކުރިން ފުނަދޫން އިންވަނީ އިތުރު ދިހަ ފުލުހުން ގެނެސްފައެވެ. މިއީ އެއްޔެ މުޙައްމަދު ޙުސައިން ކަނޑިތީމަށް ވަޑައިގެންނެވިއިރު އިދިކޮޅު ގިނަ ފަރާތްތަކުން އެތަނަށް ގޮސްފައިވާތީއާއި އެމީހުންގެ ޝުޢޫރުތައް މިނިވަންކަމާއެކީ ފާޅުކޮށްފައިވާތީ ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށް ބެލޭވޭ ކަމަށް ފެކްޓް ޓިމުން ހާމަކުރެއެވެ. އަދި އިލްޔާސް ވަޑައިގެން ލާންޗް ކޮޅު ކަނޑީތީމު ފަޅަށް ވަނީ ރަށް ބޭރުގައި ކުޑަ ވަގުތުކޮޅަކު މަޑުކޮށްލައި އޮތުމަށްފަހުކަމަށް މަޢުލޫމާތު ލިބެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިތުރު ފުލުހުން ގެންނަން ޖެހުނީ އިލްޔާސް އަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެކަމާއި އެމަނިކުފާނު ބިރުފުޅުގެންފައިވާތީއެވެ. ޑީ.އާރް.ޕީއިން ވަނީ އެއްޔެ މުޙައްމަދު ޙުސައިން ވަޑައިގެންނެވި ވަގުތު އިދިކޮޅު ފަރާތްތަކުން ހަމަނުހެން ހިންގާފައިވާކަމަށް ވާހަކަތައް ފަތުރާފައެވެ. އެހެންނަމަވެސް އިދިކޮޅު އެއްވެސް ފަރާތަކުން އެއްވެސް ހަމަނުޖެހުމެއް ހިންގާފައެއް ނުވެއެވެ. ފުރަތަމަ މުޙައްމަދު ޙުސައިން ކަނޑިތީމަށް ވަޑައިގަތުމުގެ ކުރިން ފާލަމަށް އިދިކޮޅު ފަރާތްތަކުން އަރައި ސަފު ހަދައިގެން ތިބުމުން ޑީ.އާރް.ޕީއިން ވަނީ އެކަމާ ވަރަށް ބޮޑަށް ނުރުހުންވެ ރުޅިއައިސްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޑީ.އާރް.ޕީގެ ޓީމް ކަނޑިތީމަށް ވަޑައިގަތުމުގެ ކުޑަ އިރުކޮޅެއް ކުރިން ކަނޑީތީމުގައި ތިބި ޑީ.އާރް.ޕީގެ މެންބަރުންނާއި އެޕާޓީއަށް ތާއީދުކުރާ މީހުން ފާލަމަށް އަރައި އިދިކޮޅު ފަރާތްތަކުން ހަދާފައިވާ ސަފުތައް ރޫޅާލަން މަސައްކަތްކޮށްފައިވެއެވެ.
No comments:
Post a Comment