ކުއްލި ޚަބަރު
ޑީ.އާރް.ޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމަށް މިއަހަރުގެ ރިޔާސީ އިންތިޚަބުގައި ކުރިމަތިލެއްވޭނެ ކަމަށާއި ތަސްދީޤު ކުރެވި، އަދި މިހާރު ޢަމަލުކުރެވެމުންދަނީ އާ ޤާނޫނު އަސާސީއެއް ކަމަށް ސްޕްރީމް ކޯޓުން މިއަދު ޙުކުމް ކުރައްވައިފިއެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި މައުމޫނަށް ވާދަކުރެއްވޭނެކަމަށް މައުމޫންގެ ނަން އިލެކްޝަން ކޮމިޝަނުން ބަލައިގަތް ބަލައިގަތުމަކީ ޞައްޙަ ނިންމުމެއް ކަމަށް ޙުކުމް ކުރައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވަނީ އެގޮތަށް ނިންމީ ޤާނޫނީ ގޮތުންނާއި ދޫސްތޫރީ ގޮތުން ބަލަންޖެހޭ ގިނަ ކަންތައް ތަކެއް ބަލައި ދިރާސާ ކުރެއްވުމަށް ފަހު އެކަންކަމަށް ބައްލަވާފައިކަމަށެވެ. އިލެކްޝަން ކޮމިޝަންގެ މައްޗަށް މިދަޢުވާ އުފުއްލަވާފައިވާ ލިބަރަލް ޕާޓީގެ ފަރާތުން ވިދާޅުވެފައިވަނީޤާނޫނު އަސާސީގެ 107ވަނަ މާއްދާގެ ދަށުން މައުމޫނަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރިމަތި ނުލެއްވޭނެކަމަށެވެ.
ޝަރީއަތުގެ މަޖިލިސް ފެށުމަށް ހަމަޖެހިފައިވާ ގަޑީގެ ބައިގަޑިރު ފަހުން ފެށި މިއަދުގެ ޝަރީޢާތުގެ މަޖިލިސް ފެށުމުގެ ކުރިން މި މައްސަލަ ހުށަހަޅުއްވާފައިވާ ލިބަރަލް ޕާޓީގެ ރިޔާސީ ކެންޑީޑޭޓް އިބްރާހިމް އިސްމާއިލް(އިބްރާ)ވަނީ މަޖިލީހުން ނިކުމެވަޑައިގެންފައެވެ.އ
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި މައުމޫނަށް ކުރިމަތިލެއްވޭނެކަމަށް ސްޕްރީމް ކޯޓުން ހުކުމް ކުރައްވައިފި

No comments:
Post a Comment