ކަނޑީތީމުގައި ތިބި އެމް.ޑީ.ޕީގެ މެންބަރުން ދުއްވާލުމެއް ބާއްވައިފި
މިރޭ ކަނޑިތީމުގައި ތިބި އެމް.ޑީ.ޕީގެ މެންބަރުން ދުއްވާލުމެއް ބާއްވައިފިއެވެ. އަދި މި ދުއްވާލުމުގައި އެޕާޓީއަށް ތާއީދުކުރާ މީހުންވެސް ބައިވެރިވެފައިވެއެވެ. ސައިކަލް ބޭނުންކޮށްގެން ކުރިއަށްގެންދިޔަ މި ދުއްވާލުމުގައި ރަށުގެ އެކިހިސާބުތަކުގައި ދުއްވާފައިވެއެވެ.
އެމް.ޑީ.ޕީ އިން މިރޭ ކުރިއަށް ގެންދިޔަ މިދުއްވާލުމުގައި އެމް.ޑީ.ޕީއަށް ތާއީދު ކުރާ ލިޔުންތައް ލިޔެވިފައިވާ ފޮތިގަނޑުތައް ގެންގުޅެފައިވެއެވެ. އަދި އެމީހުންގެ ޝުއޫރުތައް ފާޅުކޮށްފައިވެއެވެ. މި ދުއްވާލުމުގެ ބޭނުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމް.ޑީ.ޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު (އަންނި)އަށް ކަނޑީތީމުގައި ތާޢީދު އޮތްކަން ހާމަކޮށްދީ އަންނި އަށް އިތުރަށް ތާއީދު ހޯދައިދިނުމެވެ.
މިހާރު އެމް.ޑީޕީއިން އަންނަނީ ކަނޑިތީމުގައި އެމް.ޑީ.ޕީއިއްތިހާދުގެ ކެމްޕެއިން އޮފީހެއް ހުޅުވައި ކެމްޕެއިން ކުރަމުންނެވެ. އަދި ރަށުގެ އެކި ހިސާބުގައި ވަނީ ކެމްޕެއިން ޕޯސްޓަރުތައް ހިއްޕާފައެވެ. އ
No comments:
Post a Comment