Saturday, October 4, 2008

އަވަސް ޚަބަރުގެ ތަފްޞީލު
ޑީ.އާރް.ޕީ އިން ކަނޑީތީމަށް ޒިޔާރަތްކޮށްފި


މިއަދު މެންދުރުފަހު 2 ޖަހާ އެހާއިރު ޑީ.އާރް.ޕީގެ ޓީމެއް ކަނޑީތީމަށް ޒިޔާރަތްކޮށްފިއެވެ. މި ޓީމުގައި އިސްކޮށް ހަރަކާތްތެރިވަނީ ރަތްޔިތުން މަޖިލީހުގެ ށ. އަތޮޅު މެމްބަރު މުޙައްމަދު ޙުސައިނެވެ. އަދި އަތޮޅުވެރިޔާވެސް ބައިވެރިވެ ވަޑައިގެންފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ޑީ.އާރް.ޕީގެ ޓީމް ކަނޑިތީމަށް ފައިބާވަޑައިގަތް ފާލަމުގައި އިސްތިޤުބާލުގައި ކުރީގައި ތިބީ ޑީ.އާރް.ޕީ އާއި އިދިކޮޅޮ ޖުމްހޫރީ ޕާޓީއާއި އެމް.ޑީޕީ އަދި އެފަރާތްތަކަށް ތާއީދު ކުރާ ފަރާތްތަކެވެ. ޑީ.އާރް.ޕީއާއި އެޕާޓީއަށް ތާއީދު ކުރާމީހުން ތިބީ ފާލަމުން ބޭރުގަ ތަންކޮޅެއް ފަހަތުގައެވެ.

ޑީ.އާރް ޕީގެ ޓީމަށް މަރުޙަބާ ދެންނެވުމަށްޓަކައި ކަނޑީތީމުގައި ތިބި ޑީ.އާރް.ޕީގެ މެންބަރުންނާއި އެޕާޓީއަށް ތާއީދު ކުރާ ގިނަ ބަޔަކު ބަނދަރު ސަރަޙައްދަށް ވަނީ ޖަމާވެފައެވެ. އަދި އިދިކޮޅު ޕާޓީތަކުން ވެސް ވަނީ ބަނދަރު ސަރަޙައްދަށް އައިސް އެމީހުންގެ ޝުޢޫރުތައް ފާޅުކޮށްފައެވެ. އަދި މުޙައްމަދު ޙުސައިންގެ އިސްތިއުފާއަށްވެސް ގޮވާފައިވެއެވެ. ނުރުހުން ފާޅުކޮށްފައިވާ ދެޕާޓީއަކީ އެމް.ޑީ..ޕީއާއި ޖުމްހޫރީ ޕާޓީއެވެ. އަދި އެ ސަރަޙައްދުގައި ޑީ.އާރް.ޕީއަށް ތާއީދުކުރާ ލިޔުންތައް ލިޔެ ފޮތިގަނޑު ދަމާފައިވާއިރު މައުމޫން އިސްތިއުފާ ޖަހާފައިވާ ފޮތިގަނޑެއްވެސް ވަނީ ދަމާފައެވެ. މަޢުލޫމާތު ލިބިފައިވާ
ގޮތުގައި އެތަނަށް ހާޒިރުވި މީހުންގެ ތެރެއިން ޑީ.އާރް.ޕީއަށް ތާއީދުކުރާމީހުންނަށްވުރެ ގިނައީ އިދިކޮޅު ޕާޓީތަކާއި އެފަރާތްތަކަށް ތާއީދުކުރާ މީހުންނެވެ.

ބަނދަރު ސަރަޙައްދަށް ޖަމާވި މީހުންގެ ތެރެއިން ޑީ.އާރް.ޕީއަށް ތާއީދުކުރާ އަންހެނުން ތިބީ ނޫ ކުލައިގެ ބުރުގާ އަޅައިގެންނެވެ. އަދި އިދިކޮޅު ޖުމްހޫރީ ޕާޓީގެ މީހުން ރަތް ކުލައިގެ ޓީޝާޓު ލައިގެން ތިބި އިރު އެމް.ޑީޕީއަށް ތާއީދު ކުރާމީހުން ތިބީ ރީނދޫ ކުލައިގެ ޓީޝާޓު ލައިގެންނެވެ.

ކަނޑީތީމަށް ވަޑައިގެންނެވުމަށްފަހު ޑީ.އާރް.ޕީގެ ޓީމުންވަނީ ކަނޑިތީމު ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. އަދި މިދަތުރުގައި ވަނީ އެޕާޓީގެ ފަރާތުން ކަނޑިތީމުގައި ހަދާފައިވާ ކެމްޕެއިން އޮފީސް ރަސްމީކޮށް ހުޅުއްވާދެއްވާފައެވެ. ކެމްޕެއިން އޮފީސް ހުޅުއްވައިދެއްވީ މުޙައްމަދު ޙުސައިނެވެ. ކެމްޕެއިން އޮފީސް ކައިރިއަށްވެސް އެވަގުތު ވަނީ ވަރަށް ގިނަ ބަޔަކު އެއްވެފައެވެ.

މިދަތުރުގައި ޑީ.އާރް.ޕީގެ ޒަޢީމް މައުމޫން ޢަބްދުލް ޤައްޔޫމް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވީނަމަވެސް މިދަތުރުގައި ބައިވެރިވެވަޑައިނުގަންނަވައެވެ.އ

No comments:




©2008 factkanditheem.blgospot.com | e-mail: factkanditheem@gmail.com